ދިވެހިރާއްޖެ
|
Japan Government (MEXT) Scholarship 2027 Research Students (MA,PhD) |
|
ޖަޕާންގެ ސަރުކާރުގެ ފަރާތުން "ޖަޕަނީސް ގަވަމަންޓް (MEXT) ސްކޮލަރޝިޕް 2027" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި ސްކޮލަޝިޕްގެ ދަށުން މިހާރު (މާސްޓާރސް، ޕީ.އެޗް.ޑީ) ކިޔަވަމުންދާ ދަރިވަރުންނަށް ޖަޕާންގެ ޔުނިވާސިޓީ ތަކުގެ ރިސަރޗް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. ރިސަރޗް ކުރިއަށް ގެންދިއުމަށް ފުރުޞަތު ހުޅުވާލާފައިވާ ދާއިރާ ތަކުގެ ތަފްޞީލް މި އިޢުލާނާއެކު ކުރި ޕޯޓަލްއަށް އަޕްލޯޑް ކުރެވިފައިވާ މަޢުލޫމާތު ޝީޓްތަކުގައިވާނެއެވެ. މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ ސްޓަޑީ އިން ޖަޕާންގެ ވެބްސައިޓް އާއި މި މިނިސްޓްރީގެ ކުރި ޕޯޓަލް https://kuri.gov.mv އިން ލިބެން ހުންނާނެއެވެ. ޖަޕާންގެ ވެބްސައިޓް ލިންކް: https://www.studyinjapan.go.jp/en/smap-stopj-applications-research.html މި އިޢުލާނުގައިވާ ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 17:00 ގެ ކުރިން ސްޓަޑީ އިން ޖަޕާންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ހުށަހަޅަންވާނެއެވެ. ................................................................................................................................................................................ * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ. * މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ. |
