ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަށި މުބާރާތް

އިޢުލާން

                           މިކޮމެޓީ އާއި ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ގުޅިގެން އިންތިޒާމް ކުރާ ފުރަތަމަ ބަށި މުބާރާތް 08 ޖުލައި 2026 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.  މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމިޢިއްޔާ ތަކަށެވެ. 12 އަހަރުންމަތީގެ އަންހެން ކަނބަލުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން 2 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބަށި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފިއްލަދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.                                                                       

                         މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

26 ޖޫން 2026
ހޯދާ