ދިވެހިރާއްޖެ
ފައްތިޔާ ދޫކުރުމުގެ އުޞޫލު ހަދައި ތަންފީޒުކުރުމުގެ މަސައްކަތަށް ޑިންގީ/ލޯންޗް/ދޯނި ފަހަރުގެ މަޢުލޫމާތު އެއްކުރުން.
ގދ. ގައްދޫ ފަޅުތެރޭގައި އުޅަނދުފަހަރު އެޅުމަށް "ފައްތިޔާ" ދޫކުރުމުގެ އުޞޫލެއް އެކުލަވައިލުމާއި، އެ އުޞޫލު ތަންފީޒުކުރުމުގެ މަސައްކަތް މި ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތަށް ބޭނުންވާ ތަފާސް ހިސާބު އެއްކުރުމަށްޓަކައި، ގދ. ގައްދޫ ފަޅު ބޭނުންކުރާ އެންމެހައި ޑިންގީ، ލޯންޗް އަދި ދޯނިފަހަރުގެ މަޢުލޫމާތު މި އިދާރާއަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ރަށުގެ ފަޅުތެރޭގައި މިހާރު ބޭނުންކުރަމުންދާ އުޅަނދުފަހަރާއި، އަދި ކުރިއަށް އޮތް ތަނުގައި ފަޅުން ޖާގަ ބޭނުންވާ ފަރާތްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު އެއްކުރާ ފޯމް ނުވަތަ އޮންލައިން ފޯމް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ.
އޮންލައިން ފޯރމް ލިންކް: https://forms.gle/MBZMPomg37QwzUiZ6
މި މަސައްކަތަކީ ރަށުގެ ފަޅުތެރެ ތަރުތީބުކޮށް، އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަކަށްވާތީ، މިކަމުގައި އެންމެހައި އުޅަނދުވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް މި ކައުންސިލުން އުއްމީދު ކުރަމެވެ.
