ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލް އޮފިސަރ

އިޢުލާނު

ސީނިއަރ ކައުންސިލް އޮފިސަރ ގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މިއިދާރާއަށް ސީނިއަރ ކައުންސިލް އޮފިސަރ ގެ މަޤާމަށް މުވައްޒަފަކު ނެގުމަށް ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-422484

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 7

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ / ހއ. އިހަވަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

މުނިސިޕަލް އެންޑް އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓް

މުސާރަ:

މަހަކު 9845.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 4595.00 ރުފިޔާ

ހާޒިރީ އިނާޔަތް:

ހާޟިރުވާ ކޮންމެ ދުވަހަކަށް 125.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛުކުރުމުގައި އިދާރިގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.                           
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. މުނިސިޕަލް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޔުނިޓުގެ ވެރިޔާ ޙަވާލުކުރާ މައްސަލަތަކަށް ޖަވާބު ތައްޔާރުކޮށް މުއްދަތުގެ ތެރޭގައި ފޮނުވުން.                      
  4. މިސްކިތްތަކާއި ޤަބުރުސްތާނުތައް ބެލެހެއްޓުމަމާއި، ކަށުކަމާކެމީގެ ކަންތައްތައް އިންތިޒާމުކޮށް ދިނުމާއި، އެކަންތައްތައް ހަމަޖެއްސުމާއި، ދީނީ ގޮތުންނާއި ޤައުމީ ގޮތުން އަދި ކައުންސިލްގެ އިދާރާއިން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބާތަކާއި  ހަފުލާތައް ބޭއްވުމާއި ބެހޭ މަސައްކަތްތައް ކުރުން.  
  5. ރަށުގެ ތިމާވެށި ހިމާޔަތް ކުރުމާއި، ރަށުތެރެ ފެހި ކުރުމާއި، ރަށްގިރުއްހުއްޓުވުމަށްޓަކައި، ފިޔަވަޅު އެޅުމާއި ރަށުގެ ބަނދަރާއި، އެއްގަމު ތޮއްޓާއި، ކަނޑުތޮށިގަނޑާއި، ފާލަމާއި، ފެރީޓާމިނަލާއި، ޕާކުތަކާއި މައިޒާންފަދަތަންތަން ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތައް ކުރުން.                       
  6. ރަށުގެ މަގު ހެދުމާއި، މަގުތައް މަރާމާތުކުރުމާއި، އެކަށީގެންވާ ރައްކާތެރިކަމާއެކުގައި، ކުނިމެނޭޖުކުރުމާއި، މަގުމަތީ ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.       
  7. އަސާސީ ޚިދުމަތްތަކާއި ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމާއި ބެހޭ މަސައްކަތްތައް ކުރުމާއި ރަށުގެ ގޯތިތަކާއި އެ ގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުމާއި، ރަށުގެ އެކިތަންތަނުގައި ޤަވާޢިދާއި ޚިލާރަށް އެކިފަރާތްތަކުން ބަހައްޓާތަކެތި ނަގައި ތަންސާފުކުރުމާއިބެހޭ މަސައްކަތްތައް ކުރުން.     
  8. މުނިސިޕަލްގެ ޚިދުމަތަކާއިބެހޭ ގޮތުން އެކިފަރާތްތަކަށް ދޫކުރަންޖެހޭ ޙުއްދަތައް ދޫކުރުމާއި، ބާޠިލުކުރުމާއި، ބެސްޓް ކޮންޓްރޯލް ކުރުމާއި ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކާއި ޙާދިސާތަކާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ޤަވާޢިދާއި ޚިލާފަށް ރަށުގެ ބިމުގެ ބޭނުން ކުރާ ފަރާތްތަކާއި ބެހޭ މައްސަލަތައްބަލައި އެފަދަ މައްސަލަތައް ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ބިންބިމާއި ގޯއްޗާއި، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީތައް ހަދައިދިނުމާއި ބާޠިލް ކުރަންޖެހޭ ރަޖިސްޓަރީތައް ބާޠިލްކުރުމާއި ބިންބިމާއި ގޯތި ގެދޮރުގެ އިމާބެހޭ މައްސަލަތައް ބަލައި އެކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރުން.                                                    
  10. މުނިސިޕަލް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއި ހުކުރު، ޢީދު، ކޭތަނަމާދާއި، އިސްތިސްޤާ ނަމާދު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމްކޮށް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ގޯތި ގޯތީގެ އިމާއި ގުޅޭ މައްސަލަތައް ބެލުމާއި، ބައިކުރަންޖެހޭ ގޯތިތައް ބައިކުރުމާއި، އަމިއްލަ ކުރަން ބޭނުންވާ ބިންތައް އަމިއްލަ ކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. އިޖްތިމާޢީ ރައްކާތެރިކަމާއި، ގޭތެރޭގައި ހިނގާ އަނިޔާތއް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، ކައުންސިލްގް އިދާރާގެ ބެލުމުގެ ދަށުގައިހުރި އިޖްތިމާޢީ ތަންތަނާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި މުނިފޫހި ފިލުވުމާއި ބެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަން ކުރަންޖެހޭ މަސައްކަތަކާއި، އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުމުގެ މަސައްކަތްތައް ކުރުން.                                                 
  12. ރަށުގެ ތިމާވެއްޓާއި ރަށުގެ މަގުތަކާއި ޢާންމުތަންތަން ސާފުތާހިރުކުރުމާއި އިޖްތިމާޢީ ސަރަހައްދުތަކުގައި ޖަހާފައިވާ ބައްތިތައް ދިއްލައި ބެލެހެއްޓުމާއި، އެފަދަތަކެއްޗާއި ތަންތަން މަރާމާތުކުރަންޖެހޭނަމަ އެކަމާބެހޭ ރިޕޯޓް ކަމާބެހޭ ސެކްޝަނަށް ފޮނުވުމާއި ރަށުގެ މުނިސިޕަލް ޚިދުމަތްތައް މެދުނުކެނޑި ދެވޭނެގޮތަށް ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.                  
  13. ރަށުގެ ބަނދަރާއި، ރަށުގެ ގޮނޑު ދޮށް ސާފުކުރުމާއި، ބެހޭ ކަންތައްތައް ބެލެހެއްޓުމާއި، އަދި ގޯތި ގޯއްޗާއި މަގުމަގަށް އަރާ ރުއްގަސް ކެނޑުމާއި ބެހޭ އެންމެހައި ކަންކަން ކުރުމާއި އެފަދަ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.                    
  14. ކައުންސިލްގެ އިދާރާ ފިޔަވައި، ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތަކާއި، އެތަންތަނުގައި ހުރި އެންމެހައި ތަކެތި ރަނގަޅަށް ބެލެހެއްޓުމާއި އެފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމާއި އަދި އެތަކެތީގެ ތެރެއިން ނީލަން ކިޔަންޖެހޭ ތަކެތީގެ ލިސްޓް ކޯޕަރޭޓް އެފެއާޒް ބަޖެޓް ސެކްޝަނަށް ފޮނުވުމުގެ މަސައްކަތް ކުރުން.                                                   
  15. ރުއްގަސް އިންދުމަށް ހުއްދަ ދިނުމާއި ރުއްގަހުގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުމާއި، އަދި ރަޖިސްޓްރީން އުނިކުރަންޖެހޭ ރުއްގަސް އުނިކުރުމާއި، ރުއްގަހަށް ބަދަލު ދިނުމާއި، އަދި ޤަވާޢިދާއި ޚިލާފަށް އިންދާ ރުއްގަހާއި ބެހޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  16. ރަށަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާއި މެހްމަނުންނަށް މަރުހަބާ ދެންނެވުމާއި ކައުންސިލުގެ އިދާރާއިން ބާއްވާ ތަފާތު އެކި މުބާރާތްތަކާއި ހަފްލާތަކުގައި ބައިވެރިވެ ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.                                                           
  17. ޤަވާއިދާއި ޚިލާފަށް އޮޑި ދޯނި ފަހަރު އެޅުމާއި، ރަށަށް އޮޑި ދޯނި ފަހަރު އެހެލުމާއި، އޮޑި ދޯނި ފަހަރާއި ވެހިކަލްފަދަ ތަކެތި ރަޖިސްޓަރީކުރުމާއި އަދި އެއްގަމުގައި ދުއްވާ ވެހިކަލްފަދަ ތަކެތި ޤަވާޢިދާއި ޚިލާފަށް ޕާކު ކޮށްފައިވާނަމަ ނުވަތަ އެފަދަ ތަކެތި ބަހައްޓާހަދާނަމަ އެކަންކަމާއި ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލަ ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.          
  18. މަސްކަޑަތައް ސާފުކޮށް ބެލެހެއްޓުމާއި އަދި ރަށުގެ އިޙްތިޞާޞް ހިމެނޭ ސަރަޙައްދުގައި އޮންނަ ވެހިމަސް ޤަވާއިދާއި ޚިލާފަށް ބޭނުމާއި، ހިފުމާއި، ކިރިއްސާ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމާއި އެކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.                                  
  19. މުވައްޒަފުކުރާ މަސައްކަތްތަކާގުޅޭ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި، އެޕްރައިޒަލްގެ ޕާރފޯމެންސް މަސައްކަތް ނިންމުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، އިންޓަރނަލް، އެކްސްޓަރނަލް އޯޑިޓްކުރުމާއި، ކައުންސިލްގެ އިދާރާއަށް ނުލިބިހުންނަ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  20. ސަލާމާއި ޗުއްޓީގައި ހުންނަ މުވައްޒަފުގެ މަސައްކަތް ޙަވާލު ކުރުމުން އެ މަސައްކަތް ކުރުމާއި ކައުންސިލް އިދާރާގެ ފަރާތުން ފާހާގަކުރާ އެކިއެކި ޙަރަކާތްތައް ހިންގުމުގައި އެހީތެރިވުމާއި، ކައުންސިލުން ކުރިއަށް ގެންދާ އާއްމު އަދި ޚާއްޞަ މަސައްކަތުތަކުގައި ބައިވެރިވެ އެހީތެރިވުން.
  21. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗިލަރސް އޮނަރސް ޑިގްރީއެއް ހާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް /  ޕްރިފަރޑް ޑިސިޕްލިންތައް:

1 އެޑްމިނިސްޓްރޭޝަން .2 މެނޭޖްމަންޓް .3 ޕަބްލިކް އެޑްމިނިސްޓްރޭޝަން .4 ޕަބްލިކް މެނޭޖްމަންޓް .5 ބިޒްނަސް އެޑްމިނިސްޓްރޭޝަން .6 ބިޒްނަސް މެނޭޖްމަންޓް .7 ކައުންސިލް އެޑްމިނިސްޓްރޭޝަން .8 އޮފީސް އެޑްމިނިސްޓްރޭޝަން .9 ބިޒްނަސް .10 ކޮމަރސް .11 ޕްރޮޖެކްޓް މެނޭޖްމަންޓް .12 ޕަބްލިކް ޕޮލިސީ .13 ޕޮލިސީ ސްޓަޑީސް .14 ގަވަރނަންސް .15 ލޯކަލް ގަވަރނަންސް .16 ސޯޝަލް ސައިންސް .17 ސޯޝިއޮލޮޖީ .18 ސޯޝަލް ވަރކް .19 އެންތްރޮޕޮލޮޖީ .20 ޑިމޮގްރަފީ .21 ސްޓެޓިސްޓިކްސް .22 އިކޮނޮމިކްސް .23 ޕޮލިޓިކަލް ސައިންސް .24 އިންޓަރނޭޝަނަލް ރިލޭޝަންސް .25 ޑިވެލޮޕްމަންޓް ސްޓަޑީސް ސ ސިވިލް ސަރވިސް ކޮމިޝަން ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތައް 2 .26 ކޮމިއުނިޓީ ޑިވެލޮޕްމަންޓް .27 ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް .28 ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް .29 ހިއުމަން ރިސޯރސް .30 އެކައުންޓިންގ .31 ފައިނޭންސް .32 ލޯ .33 ޝަރީއާ އެންޑް ލޯ .34 ޕަބްލިކް ރިލޭޝަންސް .35 މާރކެޓިންގ .36 ކޮމްޕިއުޓަރ ސައިންސް .37 އިންފޮރމޭޝަން ޓެކްނޮލޮޖީ .38 ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް .39 އެގްރިކަލްޗަރަލް ސައިންސް .40 މެރިން ސައިންސް .41 އެންވަޔަރަންމެންޓަލް ސައިންސް .42 އަރބަން ސްޓަޑީސް .43 އަރބަން ޕްލޭނިންގ .44 އާކިޓެކްޗަރ .45 ސިވިލް އިންޖިނިއަރިންގ .46 ސްޓްރަކްޗަރަލް އިންޖިނިއަރިންގ .47 ލައިބްރަރީ ސައިންސް .48 ކަލްޗަރ އެންޑް ހެރިޓޭޖް .49 ސްޕޯރޓްސް މެނޭޖްމަންޓް .50 ލީޑަރޝިޕް .51 އެޑިއުކޭޝަން .52 ދިވެހި ލެންގުއޭޖު .53 ރިލިޖަސް ސަރވިސަސް

 (https://www.csc.gov.mv/PostStructure/Index/36 ލިންކުގައިވާ ލިސްޓުން " ކައުންސިލް އޮފިސަރުންގެ ތަޢުލީމީ ރޮނގުތައް " ފެންނަން ހުންނާނެއެވެ.)

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ކޯ އަދި ޕްރިފަރޑް ޑިސިޕްލިންތައް:

  • ނެތް

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ކޯ އަދި ޕްރިފަރޑް ޑިސިޕްލިންތައް:

  • ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
    1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
    2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
    3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

-  އަސާސީ ޝަރުޠު ހަމަވުމުން                               (%30)

-  އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު                   (%5)

-  ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް      (%5)

-  އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ                   (%5)

-  އެސެސްމަންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)                      (%20)

-  އިންޓަރވިއު                                         (%35)

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  05 ޖުލައި 2026 ވާ އާދިއްތަދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް

 އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2026 ޖުލައި 06 އިން 2026 ޖުލައި 31 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު،މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް

 ޕޮއިންޓް ލިބުނު ގޮތުގެ

ޝީޓް (A2 ޝީޓް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އީ-މެއިލް ކުރައްވާނީ  [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު' (https://www.csc.gov.mv/Policy/Index/51)  އިން ލިބެން ހުންނާނެއެވެ.

މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ޖޫން 2026
ހޯދާ