އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ކުރީގެ އަންހެނުންގެ މިސްކިތުގެ އިމާރާތާއި، މަގުފާރު ތަޅާ ސާފުރުކުމާއި ބެހޭ:

އދ. މަންދޫ ކުރީގެ އަންހެނުންގެ މިސްކިތުގެ އިމާރާތާއި، މަގުފާރާއި އެގޯތީގައިހުރި އެންމެހައި ތަކެތި ނަގާ ބިންސާފުކުރުމަށް ބޭނުންވެއެވެ. މީގެ އިތުރުން އދ. މަންދޫ ސްކޫލު ގޯތިތެރޭގައި ހުރި އިމާރާތް ރޫޅާލުމަށްފަހު ނަގާ ބަހައްޓާފައިހުރި ބައުތަކެތި ނަގާ ސާފުކުރުމަށްވެސް ބޭނުންވެއެވެ. އެހެންކަމުން މިދެންނެވި މަސައްކަތުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ބޭފުޅަކަށް އެފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 08:30 ގައެވެ.

 

މަސައްކަތް ކުރިއަށްދާނެ ގޮތް:

  1. މަސައްކަތް ކުރިއަށްދާނީ 2 (ދޭއް) ދަންފަޅިއަކަށް ބަހާލައިގެން
  2. ފުރަތަމަ ދަންފަޅީގެ މަސައްކަތް ކުރިއަށްދާނެ ގަޑިއަކީ ހެނދުނު 08:30 އިން 11:30 އަށް
  3. ދެވަނަ ދަންފަޅީގެ މަސައްކަތް ކުރިއަށްދާނެ ގަޑިއަކީ މެންދުރުފަހު 14:00 އިން 17:00 އަށް
  4. މަސައްކަތުގެ އަގަކީ މަސައްކަތަށް ނުކުންނަ ކޮންމެ ދަންފަޅިއަކަށް -/150ރ (ސަތޭކަ ފަންސާސް ރުފިޔާ)

        އެހެންކަމުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 08:30 އަށް ކުރީގެ އަންހެނުންގެ މިސްކިތް ކުރިމައްޗަށް ހާޟިރުވެލެއްވުން އެދެމެވެ. މި މަސައްކަތަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު އަދި ބޭންކް އެކައުންޓުގެ މަޢުލޫމާތު ހިފައިގެން ވަޑައިގެންނެވުން އެދެމެވެ.

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

 

10 މުޙައްރަމް 1448

25 ޖޫން 2026

25 ޖޫން 2026
ހޯދާ