ދިވެހިރާއްޖެ
އިޢުލާން
ބ.އޭދަފުށީ ކައުންސިލް އިދާރާއަށް ބޭނުންވާ ލިޔެކިއުމާ ބެހޭ ތަކެތި ސަޕްލައި ކޮށްދޭނެ ފާރާތެއް ހޯދުމާއިގުޅޭ
ބ.އޭދަފުށީ ކައުންސިލް އިދާރާއަށް ބޭނުންވާ ލިޔެކިޔުމާ ބެހޭ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސަޕްލައި ކުރުމަށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.
ގަންނަން ބޭނުންވާ ތަކެތީގެ އަދަދާއި އޭގެ ސްޕްސިފިކޭޝަންސް
|
އަދަދު |
ތަފްޞީލް |
|
100 |
ކަރުދާސް ފައިލް |
|
200 |
ރީމް A4 ކަރުދާސް |
|
50 |
ރީމް A5 ކަރުދާސް |
|
200 |
ބޮކްސް ފައިލް A4 |
|
100 |
ކްލިޕް ބޯޑު A4 (ޕްލާސްޓިކް) |
|
2000 |
ސިޓީ އުރަ 9”x4” |
އަގު ހުށަހަޅަންވާނީ ބ.އޭދަފުށީ ކައުންސިލް އިދާރާއާ ހަމައަށްތަކެތި ފޯރުކޮށްދިނުމާއި އެކުގައެވެ. މީގެ ތެރޭގައި ހިނގާ ހުރިހާ ޚަރަދެއްގެ ޒިންމާނަގާނީ ސަޕްލައި ކުރާފަރާތުންނެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 25 ޖޫން 2026 (ބުރާސްފަތި) ދުވަހުން ފެށިގެން 05 ޖުލައި 2026 ވާ (އާދީއްތަ) ދުވަހުގެ 14:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ދަންނަވަމެވެ.
ލިންކު: https://forms.gle/nUc581nMw2AK6mLM7
ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ ބީލަން ބާޠިލް ކުރެވޭނެއެވެ.
1.1. ފުރިހަކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް (ޖަދުވަލު 1 )
1.2. ފުރިހަކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް (ޖަދުވަލު 2 )
1.3. ފުރިރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 3)
1.4. ހުށައަޅާފަރާތުގެ މާލީ ދަލީލު ހުށައަޅަންވާނެއެވެ. (ޖަދުވަލް 4)
1.5. ބީލަން ހުށައަޅާ މަސައްކަތާއި ގުޅުންހުރި މަސައްކަތު ތަޖުރިބާގެ ލިޔުންތައް އަދި ޖަދުވަލު 5 ފުރިހަމަ ކުރުމަށްފަހު ހުށައަޅަންވާނެއެވެ.
1.6. ބީލަން ހުށަހަޅާ ރެޕްރެޒެންޓިވް ލެޓަރ (ބަދަލުގައި އެހެން ފަރާތަކުން ބީލަން ހުށަހަޅަން ވަޑައިގަންނަވާނަމަ)
1.7. ކުންފުނި/ޕާޓްނަރޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ
1.8. އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ
1.9. ޖީއެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން) ލާޒިމު ނުވާ ކުންފުނިތަކުން ސީ.އައި.ޓީ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނަމަ ޕީ.އައި.ޓީ ރެޖިސްޓްރޭޝަން
1.10. ކޯޓޭޝަން/އެސްޓިމޭޓް
1.11. ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފަކާއި އާއިލީ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއްއޮތް ފަރާތެއް ކަމުގައިވާނަމަ އެކަން ބަޔާންކޮށްފައިވާ ލިޔުން
1.12. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ)
ބީލަންތައް އިވެލުއޭޓް ކުރުން:
|
# |
ތަފްޞީލް |
|
1 |
މަސައްކަތް ހުށަހަޅާ އަގު: (90 ޕޮއިންޓް) |
|
|
|
|
2 |
މަސައްކަތަށް ހުށަހަޅާ މުއްދަތު: (10 ޕޮއިންޓް) |
|
|
ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x 10 |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ޖުލައި 06 ވާ ހޯމަ ދުވަހުގެ 10:30 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
