ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީ އަންހެނުން ތަރައްޤީއަށް މަސަކަތްކުރާ ކޮމެޓީގެ އައު ލޯގޯ ފަރުމާކުރުން

ކުޅުދުއްފުށި ސިޓީ އަންހެނުން ތަރައްޤީއަށް މަސަކަތްކުރާ ކޮމެޓީގެ އައުލޯގޯ ފަރުމާކުރުމަށް ރާއްޖޭގެ އުފެއްދުންތެރި ފަރުމާވެރިންނަށާއި ކުރެހުންތެރިންނަށާއި ޑިޒައިނަރުންނަށާއި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް އަދި ސްޓޫޑިއޯތަކަށް ހުޅުވާލަމެވެ. ލޯގޯ ފަރުމާކުރުމަށް ބައިވެރިވެ، ކުޅުދުއްފުށި ސިޓީ އަންހެނުން ތަރައްޤީއަށް މަސަކަތްކުރާ ކޮމެޓީއަށް އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/10000 (ދިހަހާސް ދިވެހި ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ލޯގޯ ހުށައެޅުން:

  • ފަރުމާކޮށްފައިވާ ލޯގޯ 31 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ކުރިން ހުށައަޅަންވާނެއެވެ.
  • ލޯގޯ ހުށައަޅަންވާނީ ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ. ފޯމަށް އަޕްލޯޑް ކުރުމުގައި މައްސަލައެއް ދިމާވެއްޖަނަމަ ކޮމިޓީގެ އީމެއިލް [email protected] އަށް އެޓޭޗްމަންޓްތައް ފޮނުވިދާނެއެވެ.
  • ލޯގޯ އާއި އެކު ބްރޭންޑިންގ ފައިލް ހުށައަޅަން ވާނެއެވެ.
  • ލޯގޯ އާއި އެކު ބޭނުންކުރުމަށް ބްރޭންޑް ތީމް ނުވަތަ ޕެޓާންސް ހުށައަޅަންވާނެއެވެ. (ބްރޭންޑިންގ ފައިލްގައި ހިމެނުމަށް)
  • ކުލަ: ރަން ކުލަ / ގަދަ ފެހި (#FFCC99, #00333)
  • ލޯގޯ ހުށައަޅާނީ ކުލަ އަދި ބްލެކް އެންޑް ވައިޓް (އޮރިޖިނަލް)  PDFސޮފްޓްކޮޕީއެވެ. )މޮޅުވާ ފަރާތުން ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް ހުށައަޅަންވާނެއެވެ.(
  • ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅީނީ 1 ލޯގޯއެވެ. 

 

ލޯގޯ ފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

  • ލޯގޯ ފަރުމާ ކުރާއިރު އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއެއް ކަން ރަމްޒު ވާންވާނެ
  • ދެބަހުން ބޭނުންކުރެވޭ ލޯގޯއަކަށް ވާންވާނެ (ކޮމިޓީގެ ނަން ލޯގޯ އާއި އެކު ބޭނުންކުރާނެ ގޮތް "ބްރޭންޑިންގ" އާއި އެކު ހިމަނަން ވާނެ)
  • ކުޅުދުއްފުށި ސިޓީގެ ތާރީޙާއި ސަޤާފަތާއި އާދަކާދައާއި މަސައްކަތްތެރިކަމާއި ނުވަތަ ހުނަރު ރަމްޒުކޮށްދިނުން.
  • ރަސްމީކޮށް އަދި ނުރަސްމީކޮށް އެހެން ފަރާތެއްގެ މަސައްކަތެއް ކޮޕީކޮށްފައިނުވާ އޮރިޖިނަލް ލޯގޯ އަކަށްވުން.
  • ލޯގޯ ވާންވާނީ ސްކޭލަބަލް ލޯގޯއަކަށް (ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގައި ވޯޓަރމާކްއެއްގެ ގޮތުގައި ނުވަތަ ގްރެފިކްސްއެއްގައި ބޭނުންކުރާއިރު އަސްލު ގެއްލިގެން ނުވާނެ).
  • ލޯގޯ ސްޓެންސިލްއެއްގެ ގޮތުގައި (ކަޅު އަދި ހުދު ކުލައިން) ބޭނުން ކުރެވެން ވާނެ.
  • އެނިމޭޓްކުރެވޭނެ ގޮތަށް ލޭޔަރ ތައް ވަކިކުރެވިފައި ހުރުން.

އެންޓްރީ ފޯމް އަދި ލޯގޯ ސްބަމިޝަން ލިންކް:https://forms.gle/pQHfauNvMcJM7ZxX9

މުބާރާތުގެ ޤަވާއިދު މި އިއުލާންއާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން 6527215  އާއި ގުޅުއްވައިގެން ކުރިއަށްގެންދެވުން އެދެމެވެ.

25 ޖޫން 2026
ހޯދާ