އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ގރ 1)

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: -/7,000 ރުފިޔާ
  2. ސަރވިސް އެލަވަންސް:  -/4,500 ރުފިޔާ

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން، ނުވަތަ، ޖީ.ސީ.އީ އެޑްވާންސް ލެވަލް ނުވަތަ ކެމްބްރިޖް އެޑްވާންސް ލެވަލް ފުރިހަމަކޮށް 2 މާއްދާއިން ދަށްވެގެން C ފާސްލިބިފައިވުމާއެކު، އެޗް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން C ފާސް ލިބިފައިވުން.
  2. އޭލެވެލް ނުވަތަ އޯލެވަލް އިނގިރޭސި މިމާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން.
  3. އުމުރުން 55 އަހަރު ވެފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

ކޮމިޝަންގެ އިދާރީ މަސައްކަތްކުރުން

ހުށަހަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓެޑް ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
  5. އޯލެވެލް އަދި އޭލެވެލް ސެޓުފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  6.  އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  7. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

04 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު

  1. އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
  2. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
  3. އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  4. ވަޒީފާއަށް އެދޭ ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  5. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
  6. ފޯމު ބަލައިގަތުމަށްފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015213 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

21 ޖަނަވަރީ 2016
ހޯދާ