މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއިބެހޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                             ނަމްބަރ: 331/331/2026/36(IUL)

އިޢުލާން

ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއިބެހޭ

                  ބަނދަރުގައި ތަކެތި ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި، ބަނދަރުމަތީގެ އެހެން އެއްވެސް ތަނެއްގައި، އުޅަނދުފަހަރު ގެންގުޅުއްވާ ފަރާތްތަކާއި މިނޫންވެސް އާއްމު އަމިއްލަ ފަރުދުންގެ އެއްވެސް އެއްޗެއް ބަހައްޓާފައި ވާނަމަ، 2026 ޖޫން 30 ވަނަ ދުވަހުގެރޭ 12:00 ގެ ކުރިން، އެތަކެތީގެ ވެރިފަރާތުން ބަނދަރު ސަރަހައްދުން އެތަކެތި ނެންގުމަށް ދަންނަވަމެވެ.

                  އަދި 2026 ޖުލައި 01 ވަނަ ދުވަހުން ފެށިގެން ބަނދަރު ސަރަޙައްދުގައި މިގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ކައުންސިލުން ނަގަމުން ގެންދާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި ގަވާއިދާ ޚިލާފަށް މިގޮތަށް ބަހައްޓާފައި ހުންނަތަކެތީގެ ޒިންމާ ކައުންސިލުން ނުނަގާނެވާހަވެސް ދަންނަވަމެވެ.

24 ޖޫން 2026
ހޯދާ