ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނީޝަން، އެސިސްޓެންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:       

ރީޖަނަލް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

2 (ދޭއް)

މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ:  

-/5،740 ރުފިޔާއާއި -/12,000 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

- މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • އިންޖީނުތަކުގެ މެއިންޓަނަންސް މަސައްކަތް، އިންޖިނިއަރުންގެ ލަފާގެމަތިން ކުރުން.
  • އިންޖީނުތަކަށް ބޭނުންވާ މުދަލަށް ރިކުއެސްޓްކުރުން.
  • އިންޖީނުގެތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން.
  • އިންޖީން މެއިންޓަނެންސް މަސައްކަތްތަކުގެ ރިޕޯޓުލިޔުމާއި، ޑޭޓާ ކަލެކްޓްކުރުން.

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:       

ރީޖަނަލް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ:  

-/5،740 ރުފިޔާއާއި -/10,000 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުމާއި، މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

2016 ޖަނަވަރީ 28 ވަނަ ދުވަހުގެ 15.00

- މި ވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން، ވަޒީފާއަށް އެދޭފޯމު ނެގުމަށްފަހު، އެ ފޯމު ފުރިހަމަކޮށް، ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަޒީފާއަށް އެދޭ ފޯމާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2016 ޖަނަވަރީ 28 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

9 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016
ހޯދާ