ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގައި އަލަށް އުފައްދަވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" (ސީ.ސީ.ބީ.)ގެ މިދަންނަވާ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.

1. މަގާމުގެ ނަން:

 ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރ

ރޭންކް:

 އެމް.އެސް. 2

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ/ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް   ސަރވިސަސް

ބޭނުންވާއަދަދު:

 1 (އެކެއް)

އަސާސީމުސާރަ:

 6,295.00 ރުފިޔާ

ސަރވިސްއެލަވަންސް:

 2,000.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް:

 2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް:

 2,500.00 ރުފިޔާ

ކޮލިފިކޭޝަން އެލަވަންސް:

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް     ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ.

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4)ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ)ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ   ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތު އޮނަރސް)ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތުތައް:

- ސީ.ސީ.ބީ.އަށް މައްސަލަ ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި އެ   މައްސަލައަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

2. މަގާމުގެ ނަން:

 ޑޭޓާ އެނަލިސްޓް 

ރޭންކް:

 އެމް.އެސް. 2

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ/ މޮނިޓަރިންގ ކޮމްޕްލަޔަންސް، ޑޭޓާ   އެނެލެޓިކްސް އެންޑް ރިޕޯޓިންގ

ބޭނުންވާއަދަދު:

 4 (ހަތަރެއް)

އަސާސީމުސާރަ:

 6,295.00 ރުފިޔާ

ސަރވިސްއެލަވަންސް:

 2,000.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް:

 2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް:

 2,500.00 ރުފިޔާ

ކޮލިފިކޭޝަން އެލަވަންސް:

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ.

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތު އޮނަރސް)ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތުތައް:

- ސީ.ސީ.ބީ.ގެ ސިސްޓަމްގެ ތެރެއިން ހުށަހެޅޭ މައްސަލަތަކާއި، ސަރުކާރުގެ އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކުގެ އަދަދު ބަލައި، ޝަކުވާތަކަށް ޖަވާބުދީ ފިޔަވަޅު އެޅުމުގައި އެ އިދާރާއަކުން ޢަމަލުކުރަމުންދާގޮތް މޮނިޓަރކުރުން.

- ސީ.ސީ.ބީ.އަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމާއި، އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.

- ސީ.ސީ.ބީ.އަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އާންމުންގެ "ހިތްހަމަޖެހުން" ހުރިނެތް މިންވަރު ދެނެގަނެ، އެނެލިސިސްތައް ހެދުމާއި، މިކަމާގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައްހެދުމާއި، އަދި އޮންލައިން ސަރވޭތައް ހިންގައި ބެލެހެއްޓުން.

- ސީ.ސީ.ބީ.އަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކާ ގުޅިގެން އިތުރަށް ހަދަންޖެހޭ ފޯކާސްޓުތަކާއި ދިރާސާތައްކުރުމާއި، ހުށަހެޅުންތައް ތައްޔާޔުރުކުރުން.

3. މަގާމުގެ ނަން:

 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

 އެމް.އެސް. 2

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ/ އިންވެސްޓިގޭޝަން އެންޑް ކޭސް   ރިޒޮލިއުޝަން

ބޭނުންވާއަދަދު:

 1 (އެކެއް)

އަސާސީމުސާރަ:

 6,295.00 ރުފިޔާ

ސަރވިސްއެލަވަންސް:

 2,000.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް:

 2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް:

 2,500.00 ރުފިޔާ

ކޮލިފިކޭޝަން އެލަވަންސް:

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ.

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ  ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތު އޮނަރސް)ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތުތައް:

- އަމިއްލަ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް އަޑުއަހައި، ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި، އެކިކަންކަމުގައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާޢަތްތައް ކިޔައިދިނުން.

- ސީ.ސީ.ބީ.އަށް ހުށަހެޅޭ މައްސަލަތައް ހިނގާނުހިނގާގޮތް ބަލައި، ތަޙުޤީޤުކުރަންޖެހޭ ބާވަތުގެ މައްސަލައެއްނަމަ، ކަމާބެހޭ ފަރާތް މެދުވެރިކޮށް އެ މައްސަލައެއް ކުރިއަށް ގެންދިއުން.

- ސީ.ސީ.ބީ.އަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މައްސަލަތައް ބަލަހައްޓާ ސޮފްޓްވެއަރއިން ދުވަހުން ދުވަހަށް ރަޖިސްޓްރީއާއި ޖެމްސްއިން އަޕްޑޭޓްކުރަންޖެހޭ މައްސަލަތައް ބެލެހެއްޓުން.

- ސީ.ސީ.ބީ.އަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އޮފީހަށް އަންނަ ފަރާތްތަކާ ބައްދަލުކޮށް، އެ ފަރާތްތަކަށް ޖަވާބުދާރީވުމާއި ޝަކުވާތައް ބަލައި، މޮނިޓަރކުރާ ސޮފްޓްވެއަރގެ ތެރެއިން، މައްސަލަތައް ކުރިއަށްދާ މިންވަރު އަދާހަމަކޮށް މޮނިޓަރކުރުން.

4. މަގާމުގެ ނަން:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

 އެމް.އެސް. 1

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ/ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް   ސަރވިސަސް

ބޭނުންވާއަދަދު:

 2 (ދޭއް)

އަސާސީމުސާރަ:

 5,610.00 ރުފިޔާ

ސަރވިސްއެލަވަންސް:

 2,000.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް:

 2,524.50 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް:

 2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

 1,000.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތުތައް:

- ސީ.ސީ.ބީ.އަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް ޖަވާބުދާރީވުމާއި ހުށަހަޅާ މައްސަލަތަކާ ގުޅިގެން އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ސަރވިސަސްގެ މަސައްކަތްތައް ހިންގުމުގައި  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހެނިހެން އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަންތަކާ ވިލަރެސްކުރަންޖެހޭ ކަންތައްތައް ކުރުމާއެކު، ސީ.ސީ.ބީ.އަށް ސެކްރެޓޭރިއަލް ސަޕޯޓް ދިނުމާއި، އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.

5. މަގާމުގެ ނަން:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

 އެމް.އެސް. 1

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ/ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް   ސަރވިސަސް

ބޭނުންވާއަދަދު:

 1 (އެކެއް)

އަސާސީމުސާރަ:

 5,610.00 ރުފިޔާ

ސަރވިސްއެލަވަންސް:

 2,000.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް:

 2,524.50 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް:

 2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

 1,000.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތުތައް:

- ސީ.ސީ.ބީ.ގެ ސަރވިސް ޗާޓަރު ކަނޑައަޅައި، ޢާންމުކުރުމުގެ މަސައްކަތްތައް ކުރުމާއި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތަކާގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުމާގުޅޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

- ސީ.ސީ.ބީ.އަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޤާނޫނީ ލަފާ ހޯދަންޖެހޭ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް އޮފީހާ ގުޅިގެން މަސައްކަތްކުރުން.

- ސީ.ސީ.ބީ.ގެ ޕްރޮސީޖަރ މެނުއަލް ތައްޔާރުކޮށް، އެއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަދާހަމަކުރަމުން ގެންދިއުން.

6. މަގާމުގެ ނަން:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

 އެމް.އެސް. 1

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ/ އިންވެސްޓިގޭޝަން އެންޑް ކޭސް   ރިޒޮލިއުޝަން

ބޭނުންވާއަދަދު:

 2 (ދޭއް)

އަސާސީމުސާރަ:

 5,610.00 ރުފިޔާ

ސަރވިސްއެލަވަންސް:

 2,000.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް:

 2,524.50 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް:

 2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

 1,000.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތުތައް:

- ސީ.ސީ.ބީ.އަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މައްސަލަތައް ބަލަހައްޓާ ސޮފްޓްވެއަރ އިން ދުވަހުން ދުވަހަށް ރަޖިސްޓްރީއާއި ޖެމްސްއިން އަދާހަމަކުރަންޖެހޭ މައްސަލަތައް ބެލެހެއްޓުމާއި ސީ.ސީ.ބީ.ގެ ފަރާތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ޔައުމިއްޔާ ބެލެހެއްޓުމާއި ބަޖެޓް އެކުލަވައިލުމާއި، އަހަރު ރިޕޯޓް އެކުލަވައިލުމާއި އަދި ސީ.ސީ.ބީ.އަށް ބޭނުންވާ ސެކްރެޓޭރިއަލް ސަޕޯޓް ދިނުމާއި، އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.

7. މަގާމުގެ ނަން:

 ކަސްޓަމަރ ސަރވިސް އެސޯސިއޭޓް

ރޭންކް:

 ޖީ.އެސް. 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ/ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް   ސަރވިސަސް

ބޭނުންވާއަދަދު:

 8 (އަށެއް)

އަސާސީމުސާރަ:

 4,465.00 ރުފިޔާ

ސަރވިސްއެލަވަންސް:

 1,500.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް:

 2,009.25 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް:

 2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

 1,000.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓުފިކެޓު 2)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓުފިކެޓު 3)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތުތައް:

- ސީ.ސީ.ބީ.ގެ ކޯލް ސެންޓަރަށް އަންނަ ކޯލްތަކަށް ޖަވާބު ދިނުމާއި، އަންނަ ކޯލްތަކާ ގުޅޭ ގޮތުން ކުރަން ޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

(ހ) "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".

(ށ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

(ނ) ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ.، އެޗް.އެސް.އެސް.ސީ.، އެފް.ސީ.އީ.، ސީ.އޭ.އީ.، ސީ.ޕީ.އީ.، ޑިގުރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އާއި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖެއިން ބޭރުގެ) އެކްރެޑިޓުކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

(ރ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

(ބ) ލިބިފައިވާ ސަނަދުތަކުގެ ކޮޕީ.

(ޅ) ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

(ކ) މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

- ރާއްޖޭގެ މަދަނީ ޖަމުޢިއްޔާއެއްގައި/ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

އިތުރު މައުލޫމާތު:

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު، މަތީގައި ބަޔާންކޮށްފައިވާ "ހުށަހަޅަންޖެހޭ ތަކެތި"، 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ    މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީ.ޑީ.އެފް. ފޯމެޓުގައި ފޮނުވަންވާނެއެވެ. މި ވަޒީފާތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓުލިސްޓު ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓު ކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަން ދެވޭނެއެވެ.

އަދި، ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު، އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްލިޔުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

24 ޖޫން 2026
ހޯދާ