ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ދިވެހި އަދި ހިސާބުގެ އަސާސީ ހުނަރުތައް ކުރިއެރުވުމަށް އަމާޒުކުރެވިގެން ސްކޫލުތަކުން ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/22/2026/120 އިޢުލާނާއި ގުޅިގެން ހުޅަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އިޢުލާން ބާތިލްކުރުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ޓަރމްސް އޮފް ރެފަރަންސް:
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖުލައި 01 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
ޕްރޮޕޯސަލް ހުށައެޅުން:
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2026 ޖުލައި 05 ވަނަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް، "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ލިންކު: https://bit.ly/4ae7Dgq
ޕްރޮޕޯސަލް އެޑްރެސް ކުރަންވީ ފަރާތް:
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
އީ-މެއިލް: [email protected]
ފޯން: 3041242,3041249
