މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފަޅުރައްތައް ވަރުވާއަށް ދޫކުރުމާ ގުޅޭ

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު: (IUL)30-E/30/2015/37 (27 ޑިސެންބަރު 2015) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 

މަތީގައި ހަވާލާދީފައިވާ އިޢުލާނުގައި ރ. ބޮޑުފުށި ވަރުވާއަށް ދޫކުރާކަމަށް ބަޔާންކުރެވިފައި އެވަނީ އޮޅުމަކުންނެވެ. ރ. ބޮޑުފުށްޓަކީ ފަތުރުވެރިކަން ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށެކެވެ. އެހެން ކަމުން އެ އިޢުލާނުން ރ. ބޮޑުފުށި އުނިކޮށްފައިވާ ވާހަކަ އާންމުކޮށް އިޢުލާނު ކުރަމެވެ. 

އަދި ދަންނަވަމެވެ. ހަވާލާދީފައިވާ އިޢުލާނުގައި އެވާ ވަރުވާއަށް ދޭ ރަށްތަކުގެ މަޢުލޫމާތު (ޕްރީބިޑް މީޓިންގ) ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. 

ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. 

ފޯމާއެކު ޕްރޮސެސިންގ ފީގެ ގޮތުގައި ހުށަހަޅަންޖެހޭ -/500 ރުފިޔާ މި މިނިސްޓްރީއަށް ދެއްކެވުމަށްފަހު، ފައިސާ ދެއްކި ރަސީދުގެ ފޮޓޯކޮޕީއަކާއެކު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 08:30 އިން، 11:00 އަށް މި މިނިސްޓްރީގެ ކައުންޓަރުންނެވެ. 

18 ރަބީޢުލްއައްވަލް 1437

 

29 ޑިސެންބަރު 2015
ހޯދާ