ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު
އިޢުލާން
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު
ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މި ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް 2016 ފެބުރުވަރީ 16 ން 18 އަށް ހިންގުމަށް ހަމަޖެހިފައިވެއެވެ. ތިރީގައި މިވަނީ ތަމްރީނު ޕްރޮގުރާމާ ބެހޭ މަޢުލޫމާތެވެ.
- ތަމްރީނު ދެވޭ ދާއިރާ: ރިފަރެންސް އެންކުއަރީސް
- ތަން: ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސާރވިސަސް
- މުއްދަތު: 03 ދުވަސް
- ޖާގަ: 20
ވީމާ، މި ތަމްރީނު ޕްރޮގުރާމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން ސީވީ ޤައުމީ ކުތުބުޚާނާގެ އީ-މެއިލް ([email protected]) އަށް 01 ފެބުރުވަރީ 2016 ވަނަ ދުވަހު، 14:00ގެ ކުރިން މެއިލްކުރެއްވުން އެދެމެވެ. މި ތަމްރީނު ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (3340981) އަށެވެ.
19 ޖަނަވަރީ 2016
ހޯދާ