ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޯޕަންވޯޓާސް ޑައިވިންގ ކޯސް ހިންގުމާއި ގުޅޭ

އިޢުލާން

    މިކައުންސިލާއި ދ.އަތޮޅު ޕޮލިސް ގުޅިގެން "އޯޕަންވޯޓާސް ޑައިވިންގ" ކޯހެއް، 2026 ޖޫން 28 ން ފެށިގެން، 5 ދުވަހުގެ ނިޔަލަށް ދ. ކުޑަހުވަދޫގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގައި ކިޔަވައި ދެއްވާނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓްގެ އިންސްޓްރަކްޓަރުންނެވެ. މިކޯހުގައި ފާސްވާ ފަރާތްތަކަށް PADI ސެޓްފިކެޓްގެ އިތުރުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓްގެ ފަރާތުންވެސް ސެޓްފިކެޓެއް ދެވޭނެއެވެ.

                       މިކޯހުގައި ބައިވެރިވާ ފަރާތްތަކުން ކޯސް ފީ ދައްކާކަށް ނުޖެހޭނެއެވެ. މިކޯހަށް ބޭނުންވާ ހުރިހައި ތަކެއްޗެއް ފޯރުކޮށްދޭނީ ދ.އަތޮޅު ޕޮލިހުގެ ފަރާތުންނެވެ. މި ކޯސް އަމާޒުކުރަނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކުޑަހުވަދޫގެ ރައްވެހިންގެ ތެރެއިން މިދަންނަވާ ފަރާތްތަކަށެވެ.

  • ޒުވާނުން
  • މަސްވެރީން
  • ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުން

 

                       މިކަމަށް ޝައުގުވެރިވާ ފަރާތަކުން މިކޯހުގައި ބައިވެރި ވުމަށް އެދި، 2026 ޖޫން 25 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ މަޢްލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މިކޯހަށް ޖާގަ ދެވޭނީ އެންމެ ކުރިން މިކަމަށްއެދި ހުށަހަޅާ 8 ފަރާތަށެވެ.

  • ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް
  • އައި.ޑީ.ކާޑް ނަމްބަރު
  • މޯބައިލް ނަމްބަރު (ވައިބާ ނަމްބަރު)
  • އައި.ޑީ.ކާރޑް ދެފުށުގެ ކޮޕީ

 

                 ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޖޫން 2026
ހޯދާ