ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

                     މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

                 މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މި ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.

                 ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރައްވަވާ ލޯގޯ ހުށަހެޅުއްވުމަށް ދެންނެވީމެވެ. ލޯގޯ ހުށަހެޅުމުގެ ފުރުޞަތު އާއްމު ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށާއި އާއްމު ފަރުދުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް ލޯގޯ ޑިޒައިންކުރަންވީ ގޮތުގެ މައުލޫމާތު ޝީޓް ފޮނުވޭނެއެވެ. ހުށައަޅުއްވާ ލޯގޯ ތަކުގެ ތެރެއިން 01 ވަނަ އަށް ހޮވޭ ލޯގޯއަކަށް ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން -/2000ރ (ދެހާސް ރުފިޔާ) ފައިސާ އިނާމެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.gle/akdGaBWbRUFievCX7                 

 

ރަޖިސްޓްރީ ކުރުން

03 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެކުރިން

ލޯގޯ ހުށަހެޅުން

03 އޯގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގައި

 

                ލޯގޯ ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ލޯގޯގެ ހާރޑް ކޮޕީ ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 

 

 

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ޖޫން 2026
ހޯދާ