ދިވެހިރާއްޖެ
ޤަބުރުސްތާން ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!
ގދ. މަޑަވެލީ 02 ޤަބުރުސްތާން (މަޑަވެލި ޤަބުރުސްތާނާއި ބަރާސިލު ޤަބުރުސްތާން) ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ކުރިމަތިލާ އަގުހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް އިސްކަން ދެވޭނެއެވެ.
- އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތް (މި މަސައްކަތަށް ހުށަހަޅާ އަގަކީ -/5000 (ފަސް ހާސް ރުފިޔާ) އަށްވުރެ ކުޑަ އަގެއްކަމުގައިވުން)
- މިފަދަ މަސައްކަތްތަކުގެ ތަޖްރިބާ ލިބިފައިވާ މިންވަރު އަންގައިދޭ ލިޔެކިޔުންތައް
- ކުންފުނި/ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ އޮންނަ ފަރާތެއްކަމުގައިވުން
- ކޮންމެ ދުވަހަކު ޤަބުރުސްތާން ސާފްކުރުމުގެ މަސައްކަތުގައި އުޅެވޭނެފަދަ ދުޅަހެއޮ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން ނުވަތަ ޤަބުރުސްތާން ސާފްކުރުމުގެ މަސައްކަތް އެހެން ފަރާތެއް ލައްވައި ކުރުވުމުގެ ޤާބިލްކަން ހުރި ފަރާތެއްކަމުގައިވުން
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މި އިދާރާގެ "އަގު ހުށަހަޅާ ފޯމު" އިން 01 ޖުލައި 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މި އިދާރާގެ ކައުންޓަރަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ނުވަތަ ކައުންސިލް އިދާރާގެ މެއިލް [email protected] އަށް މެއިލް ކުރެއްވައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. ދެވިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، 'އަގު ހުށަހަޅާ ފޯމު' ނެތް އަންދާސީ ހިސާބު ބާޠިލްކުރެވިގެންދާނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
