އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
29 ސީޓިންގް ކެޕޭސިޓީގެ ބަހަކާއި 1250 ޓަނުގެ ބަރުދަން އުފުލޭ ޕިކަޕެއް ގަތުމަށް

އިޢުލާން

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން އޮޕަރޭޝަންގައި ބޭނުން ކުރުމަށް 29 ސީޓިންގ ކެޕޭސިޓީގެ ބަހަކާއި 1250 ޓަނުގެ ބަރުދަން އުފުލޭ ޕިކަޕެއް ގަތުމަށް ވަނީ ބޭނުން ވެފައެވެ.                                        

މި ތަކެތި މި އޮފީހަށް ވިއްކުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 3 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 12:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ، (މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ތަކެތި މިއޮފީހަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 8 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 12:00ގައި މި އޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

08 ރަބީޢުލްއާޚިރު 1437

18 ޖަނަވަރީ 2016
ހޯދާ