ދިވެހިރާއްޖެ
މިރަށުގެ ބޮޑުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާތީ، މަސައްކަތް ހަލުވިކަމާއެކު، ނުހުއްޓި ކުރިޔަށްދާނެގޮތަށް ކައުންސިލްގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް މިގެންދަނީ ކުރަމުންނެވެ. މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށްދަނީ މަގުގައި ކާނު ވަޅުލުމާއި ހޮޅި ވަޅުލުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށްދާތީ ރަށުގެ ބޮޑުމަގުގެ ދެފަރާތުގައިވާ ރުއްތައް ނަގައި ގްރީން އޭރިޔާގެ 50 ފޫޓް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މަގުގެ ދެފަރާތުގައިވާ ގްރީން އޭރިޔާގައި އެއްވެސް ފަރާތަކުން އެއްޗެއް އިންދައި ނުހެދުމަށް މިކައުންސިލުން ތަކުރާރުކޮށް އަންގަމުން ގެންދިޔަނަމަވެސް، ބައެއް ފަރާތްތަކުގެ ތަކެތި މިސަރަހައްދުގައި ހުރިކަން ކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ.
ވީމާ، އެއްވެސް ފަރާތެއްގެ އެއްޗެއް ގްރީން އޭރިޔާގެ 50 ފޫޓްގެ ސަރަހައްދުގައި ހުރިނަމަ ވީއެންމެ އަވަހަކަށް ނެންގެވުމަށް ދަންނަވަމެވެ.
