މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ޢާއްމު ޢިޖުތިމާޢީ ސަރަހައްދު ތަކުގައި ތަކެތި ބެހެއްޓުމާއި ގުޅޭ

       ކާށިދޫ އަކީ ސާފުތާހިރު، އަމާން ރަށަކަށް ހެދުމަކީ މިކައުންސިލްގެ އަމާޒެކެވެ. ވުމާއެކު ހިނގާބިގާވެ އުޅޭ މީހުންނާއި، މަގުތަކުގައި ދުއްވާ އުޅަނދުފަހަރަށް ދަތިވާގޮތަށް ރަށުގެ މަގުތަކާއި، ގޯޅިތަކުގައި ބަހައްޓާފައިވާ އެންމެހާ ތަކެތި" މަގުތަކާއި، އާންމު އިޖުތިމާއީ ސަރަހައްދު ތަކުގައި ތަކެތި ބެހެއްޓުމާއި ބެހޭ އުޞޫލު" ގެ ދަށުން މިއަދުން ފެށިގެން 02 ޖުލައި 2026 ގެ ނިޔަލަށް ނަންގަވައި މަގުތަށް ސާފުކުރުމަށް އެންމެހާ ރައްޔިތުންނަށް އަންގައި އިލްތިމާސްކުރަމެވެ.

      ވީމާ، ދެންނެވިފައިވާ މުއްދަތުގެފަހުން މަގުތަކާއި އާންމު އިޖުތިމާއީ ސަރަހައްދުތަކަށް ދޫކޮށްލެވިފައިވާ އެންމެހާ ތަކެތި ނަގައި، ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް މިއިދާރާއިން ކުރާނެ ވާހަކަ ދެންނެވީމެވެ.

23 ޖޫން 2026
ހޯދާ