ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ލޮއި ކުރެންދޫ މަދަހަ މުބާރާތް 1448 " މުބާރާތައް އިނާމު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން:

މިކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ލޮއި ކުރެންދޫ މަދަޙަ މުބާރާތް 1448" މުބާރާތުގެ ބައިވެރިންނަށް އިނާމު

ހުށައެޅުމުގެ ފުރުޞަތު 20 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 13:00ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ.

މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:

1. އުމުރު ފުރާތަކުން 1ވަނަ 2ވަނަ 3ވަނަ

  • 6 އަހަރުން ދަށް
  • 6 އަހަރާއި 10 އަހަރާއި ދެމެދު
  • 10 އަހަރާއި 14 އަހަރާއި ދެމެދު
  • 14 އަހަރާއި 18 އަހަރާއި ދެމެދު
  • 18 އަހަރުން މަތި

  2. މުޅި މުބާރާތުން 01ވަނަ 02ވަނަ 03ވަނަ

  3. ގްރޫޕް މަދަހަ 01ވަނަ 02ވަނަ 03ވަނަ

  4. މުބާރާތުގައި ހުށަހެޅޭ އެންމެ މޮޅު އަމިއްލަ ޅެން

ފައިސާގެ އިނާމު ހުށައަޅަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރައްވާނީ:

އެކައުންޓް ނަން: ކައުންސިލް 1371 ރެވެނިއު 1

އެކައުންޓް ނަންބަރު: 001-700333-7705

ސްލިޕް ފޮނުވާދެއްވާނީ: 7949730 އަށް.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7543256 ނަންބަރަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

22 ޖޫން 2026
ހޯދާ