ދިވެހިރާއްޖެ
މި ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކުރެންދޫ ތަރި 1448" ޤުރުއާން މުބާރާތުގެ ބައިވެރިންނަށް އިނާމު ހުށައެޅުމުގެ
ފުރުޞަތު 20 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ.
މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް:
22 ޖުލައި 2026 ން 26 ޖުލައި 2026 ގެ ނިޔަލަށް މުބާރާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ހޮވާ ވަނަތައް:
ހ- އެއްވަނަ (ކުރެންދޫ ތަރި)
ށ- ދެވަނަ
ނ- ތިންވަނަ
ރ- މުބާރާތުގައި ވާދަކުރާ ކޮންމެ ދަރިވަރަކަށް ހިތްވަރުދިނުމުގެ އިނާމް.
ފައިސާގެ އިނާމު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާޖަމާކުރައްވާނީ:
އެކައުންޓް ނަން: ކައުންސިލް 1371 ރެވެނިއު 1
އެކައުންޓް ނަންބަރު: 001-700333-7705
ސްލިޕް ފޮނުވާދެއްވާނީ: 7949730 އަށް.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9960463 ނަންބަރަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
