ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރީކުރުމަށް ހުޅުވާލުން

ވެންޑަރ ރަޖިސްޓްރީކުރުމަށް ހުޅުވާލުން

  1. ދައުލަތުގެ މާލިއްޔަތު ގަވާއިދާއެއްގޮތަށް މި ޔުނިވަރސިޓީން ގަންނަ ތަކެއްޗާއި ހޯދާ ޚިދުމަތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ވީމާ، ވެންޑަރ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން މިއިޢުލާނުގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ލިންކްގައިވާ ފޯމު ފުރިހަމަކުރައްވާއިރު އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އެޓޭޗް ކުރައްވަންވާނެއެވެ.
  3. ވެންޑަރ ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ވެންޑަރ ރަޖިސްޓްރީކުރުމަށްފަހު އެކަން މި ޔުނިވަރސިޓީގެ ފަރާތުން މެއިލުން އަންގާނެއެވެ. މި ޔުނިވަރސިޓީން އެކި ކަންކަމާ ގުޅިގެން ގަންނަ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ދޭނެއެވެ.
  4. އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 
  5. ވެންޑަރ ރަޖިސްޓްރޭޝަން ފޯމް މިހާރު ޔުނިވަރސިޓީގެ ވެބްސައިޓް އިން ފެންނާނެއެވެ. ފޯމުގެ ލިންކް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ލިންކް: https://mnu.edu.mv/vendor-registration-form

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: , 3345109, 33451483345110، 3345111

އީ-މެއިލް: [email protected]

 

 

 

22 ޖޫން 2026

22 ޖޫން 2026
ހޯދާ