ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] (މެޕް) އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮގްރާމަކީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީ އަދި ވަޞީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ(ހއ،ހދ އަދި ށ) ގެ 26 ރަށަކަށެވެ. އަދި މީގެ އިތުރުން މިޕްރޮގްރާމްގެ މަޤްޞަދުގެ ތެރޭގައި ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދީ، ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކޮށްދިނުމަށް އެހީތެރިވެދިނުންވެސް ހިމެނެއެވެ.
އެގްރިބިޒްނަސް މެޗިންގ ގްރާންޓް ޕްރޮގްރާމްމި ސްކީމް އަމާޒުކުރެވިފައިވަނީ ދަނޑުވެރިކަން ކުރާ ވަކި ފަރުދުން، ކޯޕަރޭޓިވްސް، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތް، ޕްރޮޖެކްޓްގެ ދަށުން އުފެދިފައިވާ އައިލެންޑް ފާރމާ ފޯރަމްގެ މެމްބަރުން (އައި.އެފް.އެފް)، އެންމެ ކުދި،ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އަދި މި ހިލޭ އެހީ ސްކީމްގެ މަޤްޞަދަކީ ދަނޑުވެރިކަމުގެ ވިޔަފާރީގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި، ދަނޑުވެރިކަމުގެ ވިޔަފާރީގެ ބާޒާރު ކުރިއަރުވައި، ތަރައްޤީކޮށް ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން ގްރާންޓްގެ ދެވަނަ ބުރުވެސް އަމާޒުކުރެވިފައިވަނީ ޕްރޮޑަކްޝަން ނުވަތަ ދަނޑުވެރިކަމުގެ ބާވަތްތައް ގްރީން ހައުސްގައި ހެއްދުމަށެވެ.
އެގްރިބިޒްނަސް މެޗިންގގްރާންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ގައިޑްލައިންއެއް ފަރުމާކުރެވި ގައިޑްލައިން މި އިޢުލާންއާއި އެކު އާންމުކުރަމެވެ.މިގައިޑްލައިންގައި ހިލޭ އެހީއަށް އެޕްލިކޭޝަން ހުށަހެޅުމުގައި އަމަލުކުރާނޭގޮތާއި އިދާރީ އަދި މާލީ އެކި މަރުހަލާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައިވާނެއެވެ. މީގެތެރޭގައި އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާނޭ ލިޔެކިއުންތަކާއި، އެޕްލިކޭޝަން ރިވިއުކުރެވޭނޭގޮތާއި، އިވެލުއޭޝަން މަރުހަލާ ކުރިއަށް ގެންދާނޭގޮތް އަދި ކާމިޔާބު އެޕްލިކޭޝަންތަކަށް ހިލޭ އެހީގެ ފައިސާ ދޫކުރެވޭނެ ގޮތް ހިމެނިފައިވާނެއެވެ.
އެގްރިބިޒްނަސް މެޗިންގގްރާންޓް ޕްރޮގްރާމް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ މައިގަޑު ނުކުތާތައް ތިރީގައި އެވަނީއެވެ.
މި ގްރާންޓް ޕްރޮގްރާމް ނުވަތަ ހިލޭ އެހީގެ ޕްރޮގްރާމަށް އެޕްލިކޭޝަން ބަލައިގަންނަން ފަށާނީ މި އިޢުލާން ކުރާތާ އެއްމަސް (01) ދުވަހުގެ ފަހުންނެވެ. ގްރާންޓް އިޢުލާން އާންމުކުރުން: 22 ޖޫން 2026، ގްރާންޓް އެޕްލިކޭޝަން އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ބަލަގަންނަންފެށުން: 22 ޖުލައި 2026.
- ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށް އެޕްލިކޭޝަންތައް ހުށަހަޅާނީ އެސްއެމްއީ ޑިޖިޓަލް އަށް، ހުށަހަޅާފަރާތުގެ އީ.ފާސް މެދުވެރިކޮށެވެ.
- އެޕްލިކޭޝަން އާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުމެއް އެސްއެމްއީ ޑިޖިޓަލް ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- އެގްރިބިޒްނަސް މެޗިންގ ގްރާންޓް ޕްރޮގްރާމްއަށް ހުށަހަޅަންޖެހޭ ލިޔެކުއިންތަކުގެ މަޢުލޫމާތު ސާފުކުރުމަށް އެސްއެމްއީ ޑިޖިޓަލް ގެ ހޮޓްލައިން ނަންބަރު 1613 އަށް ގުޅުއްވައިގެން ނުވަތަ [email protected]އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
- އެޕްލިކޭޝަނަށް ހުޅުވާލެވޭ މުއްދަތުގެ ތެރޭގައި ގައިޑްލައިންގެ އެއްވެސް ބާބަކަށް ބަދަލެއް ނުވަތަ އިސްލާހެއް ގެނެވިއްޖެނަމަ އެ މަޢުލޫމާތު އާންމުކޮށް ގެޒެޓްކުރެވޭނެއެވެ.
