ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވައިލުމަށްޓަކައި ކުރެވުނު މިއިދާރައިގެ ނަންބްރު : (IUL)317/317/2026/21 ( 10 ޖޫން 2026 ) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން ފުރުސަތު ހުޅުވާލަމެވެ.
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް މެންބަރުން އައްޔަންކުރުމަށްޓަކައި ބ.ދޮންފަނުގެ އާންމު ރައްޔިތުން ތަމްސީލުކުރާ 02 (ދޭއް) މެންބަރުން އައްޔަންކުރުމަށް ވަނީ ހަމަޖެހިފައެވެ. އާންމު ރައްޔިތުންގެ ތެރެއިން ބޭފުޅަކު ކޮމެޓީއަށް އައްޔަން ކުރުމަށްޓަކައި ތިރީގައިވާ ޝަރުތުތަކަށް ރިއާޔަތް ކުރެވޭނެއެވެ.
- ދިވެހި ރައްޔިތެއްކަމުގައިވުން
- ދޮންފަނުގެ ރަށްވެއްސަކަށްވުން ނުވަތަ ދޮންފަނުގެ ރަށްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅުން
- މި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކުކަމުގައިވުން
- އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަކީ ދޮންފަނު ކައުންސިލާއި، ބ. ދޮންފަނު ސްކޫލް، ބ. ދޮންފަނު ސިއްޙީ މަރުކަޒު އަދި ފެނަކަ ދޮންފަނު ބްރާންޗްގައި މަސައްކަތްކުރާ މުވައްޒަފަކު ކަމުގައި ނުވުން.
- އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަކީ މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކުކަމުގައި ނުވުން.
- އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކަކީ ކްލަބް ދޮންފަން އަދި ދޮންފަނު ޒުވާނުންގެ ރޫޙްގެ ހިންގާ ކޮމިޓީ މެމްބަރަކު ކަމުގައި ނުވުން.
02 މެންބަރުންނަށްވުރެ ގިނައިން ހުށަހަޅައިފިނަމަ 2 މެންބަރުން އިންތިހާބުކުރާނީ ރައްޔިތުންގެ އާންމު ބައްދަލުވުމެއް ބާއްވައި ޙާޒިރުވާ ފަރާތްތަކުގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އަދި އާންމު ރައްޔިތުންގެ ތެރެއިން ގެވަޅު ކޮމެޓީއަށް ހޮވޭ ކޮންމެ ފަރާތަކަށް އެފަރާތަކުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް -/50 (ފަންސާސް) ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ޖޫން 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ނަން ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
