އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ގޯތިތެރެ އާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމާ ގުޅޭ

އިޢުލާން

ގޯތިތެރެ އާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ

        އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ނަންބަރު 2019/R-987 ގަވާއިދު (މަގުމަތީ ކުނިކެހުމާއި ބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދައިން "ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެގޯއްޗެއްގެ މަގަށްވާ ސަރަޙައްދުގައި އެގޯއްޗަކާވީ ފަޅީގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަން ވާނެކަމަށާއި އެފަރާތަށް ދޫކޮށްފައިވާ ގޯތި އެހެން ފަރާތަކަށް ކުއްޔަށްދީފައި ހުރިކަމުގައި ވިޔަސް، ނުވަތަ އެގޯތީގައި އުޅެމުންދަނީ ގޯތި ދޫކުރި ފަރާތް ނޫން އެހެންފަރާތެއް ކަމުގައި ވިޔަސް، އަދި ފަޅުގޯތިތައް ހިމެނޭހެން، މިޤަވާއިދާއި އެއްގޮތަށް އެގޯއްޗަކާވީ ސަރަޙައްދު ކުނިކެހުމަކީ އެގޯއްޗެއްގައި ދިރިއުޅޭ ފަރާތެއްގެ ޒިންމާއެއް" ކަމަށާއި މިއޮފީހުން ދޫކުރާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ "އިތުރު އެންގުންތައް" މި ބައިގެ 9 ވަނަ ނުކުތާގައި "ގޯތިތެރެ އާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓަންވާނެ ކަމަށް" ބަޔާންކޮށްފައިވީ ނަމަވެސް ބައެއް ފަރާތްތަކުން މިގޮތަށް އަމަލު ނުކުރާކަން މިއޮފީހަށްވަނީ ފާހަނގަކުރެވިފައެވެ.

        ވީމާ، ރަށުގެ ސާފުތާހިރުކަމާއި ޒީނަތްތެރިކަން ދެމެހެއްޓުމަށްޓަކައި އިސްވެބަޔާންކުރެވުނު އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރު 2019/R-987 ގަވާއިދު (މަގުމަތި ކުނިކެހުމާއި ބެހޭ ގަވާއިދު) އާއި މަރަދޫފޭދޫ އަވަށު އޮފީހުން ދޫކުރާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ  ގޮތަށް ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސް ކުރަމެވެ. މިއަވަށުގެ ސާފުތާހިރުކަމާއި ޒީނަތްތެރިކަން އެކަށީގެންވާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ހުރިހައި ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ބޭނުންވެއެވެ. އަދި އެފަރާތެއްގެ ފަރުދީ ޒިންމާ އަދާކުރެއްވުމަށް މިފުރުޞަތުގައި ހަނދާންކޮށްދެމެވެ.

07 މުޙައްރަމް 1448

22 ޖޫން 2026

22 ޖޫން 2026
ހޯދާ