ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
10 ކްލާސްރޫމްގައި މަލްޓިމީޑިއާ ސިސްޓަމް ގާއިމު ކުރުމަށް ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ 10 ކްލާސްރޫމްގައި މަލްޓިމީޑިއާ ސިސްޓަމް ގާއިމު ކުރުމަށް ބޭނުންވާ ތިރީގައިވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު: TS-IUL/B/2016/01 (05 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

6 ޕްރޮޖެކްޓަރ ހަރުކުރުމާއެކު

6 ސްކްރީން (ޕްރޮޖެކްޓަރ ސްކްރީން) ހަރުކުރުމާއެކު

6 މައުންޓް ކިޓް (ޕްރޮޖެކްޓަރގެ)

6 ވީޖީއޭ ކޭބަލް

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެން ހުށަހެޅުންވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

25 ޖަނަވަރީ 2016 ވާ ހޯމަ ދުވަހު 10:00 އަށް

28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހު 10:00 އަށް

09 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016
ހޯދާ