ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުސޫލުން، އިސްކަންދަރު ކޮށި 2 ގައި 15 ބުރީގެ އޮފީސް އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު

PC-171/2026/T290

 އިޢުލާން ނަންބަރު

171-Y(FBM2)/IUL/2026/120

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

 

  1. ޑިޒައިން އެންޑް ބިލްޑް އުސޫލުން، އިސްކަންދަރު ކޮށި 2 ގައި 15 ބުރީގެ އޮފީސް އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުންނެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި މަސައްކަތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ.
  3. މި މަސައްކަތަށް ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 01 ޖުލައި 2026 ވަނަ ދުވަހުގެ 12:00 އެވެ. ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. މި އިޢުލާނާއި ގުޅިގެން ޕްރްޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ރެޖިސްޓަރވާ ފަރާތްތަކަށް ޙިއްސާކުރެވޭނެއެވެ.
  5. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 ޖޫން 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  6.  އިޢުލާނާއި އެކު މި މަސައްކަތުގެ ސްކޯޕް އެޓޭޗްކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ޕްރޮކިއުމަންޓް
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
  • ފޯން: 9790052
  • އީ-މެއިލް: [email protected]
  • ކޮޕީ: [email protected]

 

 

21 ޖޫން 2026

 

21 ޖޫން 2026
ހޯދާ