މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ޓްރޭނީ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފިޒިކަލް ފިޓްނަސް ޓެސްޓާއި ގުޅޭ

   މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2026/22 (28 މާރިޗު 2026) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

   ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ޓްރޭނީ މަޤާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓެޓަސް މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv)  ގެ ހޯމްޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

   "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ޓްރޭނީ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 6 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ފިޒިކަލް ފިޓްނަސް ޓެސްޓް ދެވޭނެއެވެ. މި ޓެސްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2026 އިން 30 ޖޫން 2026 އަށެވެ. އަދި ޓެސްޓު ބާއްވާނެ ތަނާއި ގަޑި، އީމެއިލް އަދި އެސް.އެމް.އެސް މެދުވެރިކޮށް މިއޮފީހުން އަންގާނެ ކަމުގައި ދަންނަވަމެވެ. ފިޒިކަލް ފިޓްނަސް ޓެސްޓްގެ ބައިތައް ހިމެނޭ "ކަސްޓަމްސްގެ ވަޒީފާއަށް ވަނުމަށް ދެވޭ ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް" ކަރުދާސް މި އޮފީހުގެ ވެބްސައިޓުގައި  (https://www.customs.gov.mv/Media/Documents/careers)  އާންމުކުރެވިފައިވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

   މިހާތަނަށް އާންމުކުރެވިފައިވާ މައުލޫމާތާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، 2026 ޖޫން 23 ވަނަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ. 

21 ޖޫން 2026
ހޯދާ