ދިވެހިރާއްޖެ
|
މަޤާމު: |
ކޮމްޕިއުޓަރ ޓެކްނީޝަން |
||||||||||||
|
މަޤާމުގެ ނަންބަރު: |
J-456505 |
||||||||||||
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1 |
||||||||||||
|
ސެކްޝަން: |
ކޯޕަރޭޓް އެފެއާޒް ސެކްޝަން |
||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ، ނ. ކެނދިކުޅުދޫ / ދިވެހިރާއްޖެ |
||||||||||||
|
މުސާރަ: |
9,495.00ރުފިޔާ |
||||||||||||
|
ޖޮބް އެލަވަންސް: |
2,850.00ރުފިޔާ |
||||||||||||
|
ޙާޟިރީ އެލަވަންސް |
ޙާޞިރުވާ ކޮންމެ ދުވަހަށް -/75 ރުފިޔާ |
||||||||||||
|
އެހެނިހެން އެލަވަންސް: |
1. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެންބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް ލިބޭނެއެވެ. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ،އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލުގެ ނުވަތަ ސުޕަރވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 3. އައިޓީއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް އޯވަސީ ކުރުން އަދި ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި އަރުވަންޖެހޭ ފަންނީ ލަފަޔާ މަޝްވަރާ އެރުވުމާއި ޑިޕާޓްމަންޓް ހިންގުން. 4. މުވައްޒަފުންނަށް އާއެކައުންޓް ހުޅުވުމާއި،ޕާސްވޯރޑް ބަދަލުކުރުމާއި ޓްރަބަލްޝޫޓްކުރުންފަދަ ޖެމްސް ޕޯޓަލްގެ އެންމެހާ މަސައްކަތްތައް ކުރުން. 5. މައިކްރޯސޮފް 365 ޔޫސަރ އަދި އިންޓަރފޭސް މެނޭޖްމަންޓްގެ މަސައްކަތްކުރުން. 6. އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ކަންކަމުގައި ކުރަންޖެހޭ މަސައްކަތްތަކަށް ޖަވާބުދާރީވުން. 7. ޔުނިޓުގެ ސްޓްރަޓެޖިކް ޕްލޭން އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތް ކުރުން. 8. ޑިޕާރޓްމަންޓާއި ގުޅުންހުރި ސިސްޓަމްތަކުގެ ޕޮލިސީސްއާއި ޕްރޮސީޖާތައް ޑިޒައިންކޮށް،ޑިވެލޮޕްކޮށް،އެކަންތައް އިމްޕްލިމެންޓްކުރުމުގެ މަސައްކަތް ހިންގުން. 9. އިންފޮމޭޝަން ސިސްޓަމްގެ ގަވާއިދު ތައްޔާރުކޮށް،އެގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ހުރިހާ ކަމެއްކުރުން. 10. ކޮމްޕިއުޓަރ ބޭނުންކުރާ ފަރާތްތަކަށް،ބޭނުންވާ ތަމްރީން ދިނުމާއި ކޮމްޕިއުޓަރ އެކިއެކި ސޮފްޓްވެއަރ ބޭނުންކުރާނެ ރައްކާތެރި ފަސޭހަގޮތްތައް ބުނެދީ އަހުލުވެރިކުރުވުން. 11. އިދާރާގެ އިންޓަރނެޓް އަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި،ޑައިގްނޯސިސް ހެދުމާއި،ކަނެކްޝަން ދިނުމާއި،އެހީތެރިކަން ފޯރުކޮށްދިނުމާއި،އިންޓަރނެޓް ސްޕީޑް ޗެކްކުރުމާއި،އެކަށީގެންވާ ސްޕީޑެއްގައި އިންޓަރނެޓް ކަނެކްޝަން ސިސްޓަމްތަކަށް ލިބިދެވޭކަން ކަށަވަރުކުރުން. 12. ނެޓްވޯރކް އަދި ހާރޑްވެއަރ ރައްކާތެރިކަން ކަށަވަރު ކުރުމާއި،އެންކްރިޕްޓް ކުރަންޖެހޭތަކެތި އެންކްރިޕްޓް ކުރުމާއި،ޑިކްރިޕްޓް ކުރަންޖެހޭ ތަކެތި ޑިކްރިޕްޓް ކުރުމާއި،ސެކިއުރީ ތްރެޓްސްތައް ދެނެގަތުމާއި،ދެވިފައިވާ ޕާސްވޯރޑް ތަކަކީ ސްޓްރޯންގް ޕާސްވޯރޑްތަކެއްކަން ކަށަވަރުކުރުމާއި،ފަޔަރ ވޯލް ބޭނުންކުރުމާއި،އެކްޓިވިޓީތައް މޮނިޓަރ ކުރުން. 13. ސިސްޓްމް ތަކުގެ ބެކްޕްނެގުމާއި،ކްލައުޑްގައި ރަށްކާކުރުމާއި،ސިސްޓަމްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް،ބެކަޕް ޕްލޭން އެކުލަވައިލާ ތަންފީޒުކުރުން. 14. ސިސްޓަމްތަކަށް އެންޓިވައިރަސް ސޮފްޓްވެއަރ އެޅުމާއި،ފަޔަރވޯލް އޮންކުރުމާއި،ކޮންމެދުވަހަކުވެސް ސެކިއުރިޓީ ސިސްޓަމްސް ޗެކް ކުރުމާއި،ދިމާވެދާނެ ނުރައްކާތަކުން ނެޓްވޯރކާއި ވިއުގަ ރައްކާތެރި ކުރުމާއި،ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ސިސްޓަމްތަކުގެ އަދި ސާރވަރ ބެކަޕް ނެގުމާއި،އެއްވެސް ސިސްޓަމަކަށް ވައިރަސް ވަދެއްޖެނަމަ އެސިސްޓަމް ނެޓްވޯރކް އިން ޑިސްކަނެކްޓް ކުރުމާއި،ކޮންމެހެން ބޭނުންވާ ސޮފްޓްވެއަރ އެއް ނޫންނަމަ ސިސްޓަމްއަށް އިންސްޓޯލް ނުކުރުމާއި،ސިސްޓަމަށް ސޮފްޓްވެއަރ އިންސްޓޯލް ކުރުން ކޮންޓްރޯލް ކުރުމާއި،އަދިވެސް ސިސްޓަމްތަކުގެ ސެކިއުރިޓީ އަޕްގްރޭޑް ކުރެވޭނެ އެންމެހާ ކަންކަން ތައާރަފްކުރުމާއި،މައްސަލަތައް ދިމާވާ އޭރިއާ ހޯދައި،އެކަންތަކަށް ދާއިމީ ހައްލު ހޯދައިދިނުން. 15. އިދާރާގައި ބޭނުންކުރާ ސިސްޓަމްތަކުގެ ލައިސެންސް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި،އޮޕަރޭޓިންގ ސިސްޓަމް އަޕްޑޭޓްކުރުމާއި،ސިސްޓަމްތައް ޓެސްޓުކޮށް ފަހުގެ ޓެކްނޮލޮޖީއާއި އެއްގޮތަށް އަޕްޑޭޓްކުރުން. 16. ހާރޑްވެއަރ،ސޮފްޓްވެއަރ އަދި ނެޓްވޯކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ހިދުމަތް މެދުނުކެޑި ދެވޭނެ ގޮތްތައް ހޯދައި އެކަންތައް އިންތިޒާމްކުރުމާއި،ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުން ބަލައި ދިރާސާކުރުން. 17. ޑިޕާރޓްމަންޓުގެ ޕޮލިސީއާއި،ބެސްޓް ޕްރެކްޓިސް ގައިޑްލައިންތައް ޑިވެލޮޕްކޮށް އިމްޕްލިމެންޓްކުރުން. 18. ޑޮކިއުމަންޓް އަދި ޑިޕާޓްމަންޓްތަކަށް ދޭންވާ އެކްސެސްތަކުގެ ކަންތައްތައް ބަލަހައްޓާ ޑޮކިއުމަންޓް މެނޭޖް ކުރާނެ ސިސްޓަމެއް ގާއިމް ކުރުން. 19. ކައުންސިލް އިދާރާގައި ބެހެއްޓިފައިވާ ސީސީޓީވީ ކެމެރާތައް މެއިންޓެނެނެސްކޮށް ބެލެހެއްޓުން. 20. އިދާރާގެ ނެޓްވޯރކް އެޅުމާއި،ބެލެހެއްޓުމާއި،ނެޓްވޯރކަށް ދިމާވާ އެންމެހާ ކަންކަން ބެލެހެއްޓުން. 21. ކޮމްޕިއުޓަރ ސިސްޓަމްތައް އޮޑިޓްކުރުމާއި،ޑައިގްނޯސްކުރުމާއި ސިސްޓަމްތަކުގެ ޕާރފޯމަންސް ރިޕޯރޓް އެކުލަވައިލުން. 22. ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ހިންގާ ނުހިނގާގޮތް ބަލާ،ސުޕަވައިޒްކޮށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން. 23. އޮފިހުގެ ވެބްސައިޓް ޑިވެލޮޕް ކުރުމާއި ވެބްސައިޓް އަޕްޑޭޓް ކުރުން ނުވަތަ އަޕްޑޭޓް ކުރުމުގެ ޕްރޮސީޖަރތައް ހަދާ އިމްޕްލިމެންޓް ކުރުން. 24. މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި،މިނިސްޓްރީތަކަށާއި،ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތަކާއި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 25. ސަރުކާރު އިދާރާތަކާއި،އަމިއްލަ މުއައްސަސާތަކާއި އަދި އަމިއްލަފަރާތްތަކަށް ތަފާތު ބޭނުންތަކުގައި ފޮނުވޭ ޑޮކިއުމެންޓްތަކާއި،ސިޓީތަށް ސްކޭންކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި،ފައިލްކުރުމާއި އަދި ފައިލިންގ ސިސްޓަމް ބެލެހެއްޓުން. |
||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
- މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގުތަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާސިލް ކޮށްފައިވުން. ނުވަތަ - މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގުތަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ޑިޕްލޮމާ ނުވަތަ އެޑްވާންސް ސެޓްފިކެޓް ޙާސިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ޙާސިލް ކޮށްފައިވުން. މަޤާމުގެ ތަޢުލީމީ ރޮނގުތައް: ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ، ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ، ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ކޮމްޕިއުޓަރ ސައިންސް، ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ، ކޮމްޕިއުޓިންގ، ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ،ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން، އައި.ސީ.ޓީ ސިސްޓަމް ސަޕޯޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ނެޓްވަރކިންގ، ޕްރޮގްރާމިންގ، ސޮފްޓްވެއަރ އިންޖިނިއަރިންގ، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ވެބް ޑިވެލޮޕްމަންޓް
މަގާމުގެ މަސައްކަތު ދާއިރާ: އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާރވިސް. |
||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައި ވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުންކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިންhttps://myaccount.csc.gov.mv/އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދިމަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
* ނޯޓް: މަޤާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް ކުރިމަތިލައިފާވާ ފަރާތްތައް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މުޅި ޖުމްލަ 60% (ފަސްދޮޅަސް އިންސައްތަ) އިން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |
||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
||||||||||||
|
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||||||
|
އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ06 ޖުލައި 2026 އާއި 09 ޖުލައި 2026 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ. |
||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||
|
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560013،6560667 އަށެވެ. އީ-މެއިލް ކުރާނީ[email protected]އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|
1448 A 06
21 ޖޫން 2026
