މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މީދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެނޭޖިންގ ޑިރެކްޓަރެއް ހޯދުން

ރ. މީދޫ ކައުންސިލްގެ އިދާރާގެ ސަތޭކަ އިންސައްތަ ހިއްސާވާ ރ. މީދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު:

މެނޭޖިންގ ޑިރެކްޓަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ރ. މީދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް، ރ. މީދޫ

އަދަދު:

 01 (އެކެއް)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު)

މުސާރަ އާއި ޢިނާޔަތްތައް:

ދެފަރާތް އެއްބަސްވެވޭ ގޮތަކަށް

ރަސްމީ މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު

ތަޢުލީމާއި ތަޖުރިބާގެ ޝަރުތު:

(ހ) މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރު ސަނަދެއް ޙާޞިލްކޮށްފައިވުން.

(ށ) މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް އަދި ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

(ނ) ސީއެމްޑީއޭ އިން ހިންގާ ޑިރެކްޓަރުންގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ނުވަތަ ފުރިހަމަކުރަން އެއްބަސްވާ ފަރާތެއް ކަމުގައިވުން.

އެހެނިހެން ޝަރުތު:

(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

(ށ) ބުއްދި ސަލާމަތުން ހުރުން.

(ނ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ރ) ޖިނާއީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.

(ބ) މި ޝަރުތުތަކުގެ (ބ) ގައި އެހެން އޮތް ނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) އެއްވެސް ވިޔަފާރިއެއްގައި ހިއްސާވާ، ނުވަތަ ޑިރެކްޓަރުންގެ ބޯޑަކަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(ކ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

މަޤާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު:

(ހ) ކުންފުނީގެ ބޯޑުގެ އިރުޝާދާއެކު ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތާއި ޒިންމާ އަދާ ކުރުން.

(ށ) ކައުންސިލް އަދި ކުންފުނީގެ ބޯޑުގެ އިރުޝާދާއެކު ކުންފުނީގެ ވިޝަން، މިޝަން، ކޮމްޕެނީ ގޯލްސް، އޮބްޖެކްޓިވްސް އާއި ސްޓްރެޓެޖީ އަދި ބިޒްނަސް ޕްލޭން އެކުލަވާލައި ތަންފީޒުކުރުން .

(ނ) ކުންފުނީގެ މަޤުސަދުތަކާއި، ސްޓްރެޓެޖީ އަދި ބިޒްނަސް ޕްލޭން ޙާސިލު ކުރުމަށް ބޭނުންވާ ކުންފުނީގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރ އާއި ބޭނުންވާ ޕޮލިސީތަކާއި ޕްރޮޝީޖަރ، އަދި އެހެނިހެން އިންޓަރނަލް ކޮންޓްރޯލްތަކާއި، ރިސްކް މެނޭޖްމަންޓް އަދި ގަވަރނަންސްގެ ހަރުދަނާ ނިޒާމުތައް ޤާއިމުކޮށް އެކުލަވާލައި، ކުންފުނީގެ ބޯޑަށް ހުށަހަޅައި ފާސްކޮށް، ތަންފީޒުކުރުން .

(ރ) ކުންފުނި ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި މެނޭޖްމަންޓް ޓީމް ލީޑްކޮށް އިރުޝާދު ދީ، ވިޔަފާރި ހިންގުން.

(ބ) ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މާލީ ސިއްހަތާއި ފައިދާ ކުރިއަރުވައި، "ޝެއަރހޯލްޑަރ ވެލްތު" އިތުރުކުރުން.

(ޅ) ކުންފުނީގެ އަހަރީ ބަޖެޓު އެކުލަވާލައި، ބަޖެޓް ތަންފީޒުކޮށް، ވިޔަފާރި ހިންގުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމައި، އަހަރީ ޕްލޭންގައިވާ ލަނޑުދަޑިތައް ޙާސިލުކުރުން.

(ކ) ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 63 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ސާފުކޮށް އެނގޭނޭހެން ހިސާބުތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރުން.

(އ) ދިވެހިރާއްޖޭ އެންމެހާ ޤާނޫނުތަކަށް އިހުތިރާމުކޮށް، ކުންފުނި ހިންގުމުގައި ޢަމަލުކުރަންޖެހޭ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކޮށް، ވިޔަފާރި ހިންގުމުގައި ޤާނޫނީ ގޮތުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ހުށަހަޅައި، ކުންފުނި ހިންގުމާގުޅޭ އެހެނިހެން ޤާނޫނީ ޒިންމާތައް އަދާކުރުން.

(ވ) ޑިރެކްޓަރުންގެ ބޯޑުން ފާސްކުރާ އުސޫލުތަކާ އެއްގޮތަށް ނަޒާހަތްތެރި ކަމާއެކު ކުންފުނި ހިންގައި، ކުންފުނީގެ ޝެއަރހޯލްޑާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ކުންފުނި ތަމްސީލުކޮށް، ހެޔޮ ނަތީޖާ ނެރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

(ހ) ވަޒީފާއަށް އެދި ކުރިމަތިލާކަމުގެ ސިޓީ.

(ށ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

(ނ) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

(ރ) ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

(ބ) މަޤާމަށް ބޭނުންވާ ވަޒީފާގެ ތަޖުރިބާ އަންގައިދާ ލިޔެކިޔުންތައް؛

(ބ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކޮށްފައިވާނަމަ، ފުރިހަމަކޮށްފައިވާކަމުގެ ސެޓްފިކެޓް.

 

ވީމާ، މި މަޤާމަށް ޝަރުތު ހަމަވާ އަދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖޫން 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ރ. މީދޫ ކައުންސިލްގެ އިދާރާގެ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ މި ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ ނަންބަރު 7783567 އަށް ގުޅުއްވުން އެދެމެވެ.

21 ޖޫން 2026
ހޯދާ