އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ އުޅަނދުފަހަރު ފަރާމާތު ކުރުމާގުޅޭ

"މި ރަށުގައި ދުއްވުމަށް ގެންގުޅޭ ކުދި ފައިބަރ އުޅަނދުފަހަރު މަރާމާތުކުރާނެ ސަރަހައްދެއް ކަނޑައެޅުމާއި އެސަރަހައްދުގައި މަސައްކަތްކުރާނެ ގޮތުގެ އުޞޫލް" މިކައުންސިލްގެ 5 ވަނަ ދައުރުގެ 3 ވަނަ އާންމު ބައްދަލުވުމުން ވަނީ ފާސްކުރައްވާފައެވެ. މި އިއުލާނާ އެއްހީރަސްކޮށް މި އުޝޫލް އާންމުކުރީމެވެ.

މިއަދުން ފެށިގެން މިއުޞޫލްގައި ކަނޑައެޅިފައިވާ ސަރަހައްދު ފިޔަވާ ރަށުގެ އެއްވެސް ސަރަހައްދެއްގައި އުޅަނދުފަހަރު ފައިބަރ ކުރުމުގެ މަސައްކަތްކުރުމަކީ މަނާކަމެއްކަމުގައި އެންގީމެވެ.

      ފައިބަރ އުޅަނދު ފަހަރުގެ ތެރެއިން ފަޅުތެރޭގައި ބާއްވައިގެން ކޮންމެހެން ކުރަންޖެހޭ ކުޑަ މަރާމާތެއް ކުރަންޖެހޭ އުޅަނދުފަހަރުގެ އެފަދަ މަސައްކަތެއް ކުރަން ބޭނުންވެއްޖެނަމަ، ލިޔުމުން ކައުންސިލްގެ އިދާރާ އަށް ހުށަހެޅުމުން، ވައިޖެހޭ ދިމާ ބެލުމަށްފަހު ކައުންސިލްގެ އިދާރާ އިން ކަނޑައަޅާ ބަނދަރުގެ ސަރަހައްދެއްގައި އުޅަނދު ބާއްވައިގެން، ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން، އެފަދަ މަސައްކަތްކުރުމަށް ހުއްދަދިނުމަށްވަނީ ހަމަޖެހިފައެވެ.

      ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

21 ޖޫން 2026
ހޯދާ