ދިވެހިރާއްޖެ
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތާ ގުޅޭ
މި އިދާރާއިން 18 މޭ 2026ގައި ކޮށްފައިވާ "ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕުގެ ފުރުސަތު" މި އިއުލާނާ ގުޅިގެން ދަންނަވަމެވެ.
"ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕަށް އެދޭ ފޯމު"އާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ޗެކްލިސްޓުގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ)އިން ދޫކުރާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ލިޔުން ހިމަނައިފައިވީނަމަވެސް، އެ ލިޔުން ހޯދުމަށް ޕްލޭސްމެންޓް ލެޓަރއެއް އޮތުމަށް އެ އޮތޯރިޓީގެ ފަރާތުން ލާޒިމުކުރާ ކޯސްތަކަށް ޒަކާތު ސްކޮލަރޝިޕް ސްކީމުގެ ދަށުން އެޕްލައިކުރާ ދަރިވަރުން، ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާ އެކު މި ލިޔުން ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް ޕްލޭސްމެންޓް ލެޓަރ ލިބުމާއެކު އެމް.ކިޔު.އޭ އިން ވީ އެންމެ އަވަސް ފުރުސަތެއްގައި އެ ލިޔުން ހޯދުމަށްފަހު މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
18 މޭ 2026ގައި ކުރެވިފައިވާ އިއުލާނުގެ ލިންކު: https://www.gazette.gov.mv/iulaan/393876
