ދިވެހިރާއްޖެ
މި ކޯޓްގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން
މިކޯޓުން ކުރިން ކުރެވުނު އިޢުލާން ނަންބަރު: 6555-A/2026/ އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން ނީލަމުގައި މިތަކެތި ވިއްކާލުމަށް އިޢުލާން ކުރަމެވެ.
މި ކޯޓްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިއުން 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 13:00ގައި މި ކޯޓްގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2026 ޖޫން 24 ވާ ބުދަ ދުވަހުގެ 12:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 01 ޖުލައި 2026 ގެ 22:00ގެ ކުރިން، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރިޕޯޓަލް https:bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު، 02 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓްގެ ނަންބަރު 6560041 ފޯނަށް ގުޅުއްވުން އެދެމެވެ.
