މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބޭނުން ނުކުރާ ބާވެ ހަލާކުވެފައިވާ ދެ ޕިކަޕު ވިއްކާލުމަށް،

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް

     މާލެ، ދިވެހިރާއްޖެ

                                                                         ނަމްބަރ : MGPL-CAD/AD/26-02

އިޢުލާން

ބޭނުން ނުކުރާ ބާވެ ހަލާކުވެފައިވާ ދެ ޕިކަޕު ވިއްކާލުމަށް،

         މިކުންފުނީގައި ބޭނުން ނުކުރާ ބާވެ ހަލާކުވެފައިވާ ދެ ޕިކަޕު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހު 11:00 ގައި މިކުންފުނީގެ ހުޅުމާލެ ޔުނިޓަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު، 28 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 11:00އަށް ތިރީގައިވާ އެޑްރެހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

މިކަމަށް އެދި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

21 ޖޫން 2026މ.

 

 

 

21 ޖޫން 2026
ހޯދާ