ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި މިކޯޓުގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
1- މިކޯޓުގެ ހުރިހާ ކުޑަދޮރާއި ދޮރުފަތްތައް ނައްޓައި އެލްމެނިއަމަށް ބަދަލުކޮށް ހަރުކުރުން.
2- މިކޯޓުގެ މައި ބޮޑުދޮރާއި ދޮރުފަތް ނައްޓައި އެލްމެނިއަމުން ހަދައި ހަރުކުރުން.
3- މިކޯޓުގެ ފުރާޅުގެ ޓިނު ނަގައި އައު ޓިނު ލުން.
4- މިކޯޓުގެ ޢިމާރާތުގެ އެތެރެއާއި ބޭރުގައާއި ސީލިންގުގައި ކުލަލުން.
5- މިކޯޓްގެ އިންފާރުގައި ކުލަލުން.
6- މިކޯޓުގައި 2500 ލީޓަރުގެ ކަޅުހަމެއް ބަހައްޓައި ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
7- މިކޯޓުގެ ފާޚާނާ މަރާމާތުކުރުން.
8- މިކޯޓުގެ ގިފިލި ފާޚާނާ މަރާމާތުކުރުން.
9- މިކޯޓުގެ ޢިމާރާތުގެ އެތެރޭގެ ބޮޑުދޮރާއި ދޮރުފަތްތައް ބަދަލުކޮށް ހަރުކުރުން.
10- މިކޯޓުގެ ޢަރުޝީފު ބައިގައި ޕާޓިޝަނެއް ޖެހުން.
11- މިކޯޓުގެ ސައިކޮޓަރީގައި ސިންކެއް ހަރުކޮށް، ފެންލިބޭނެ އިންތިޒާމާއި ފެން ބޭރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
12- މެޖިސްޓްރޭޓް ކޮޓަރިން އިތުރު ދޮރެއް ކެނޑުމާއި، ޝަރީޢަތްކުރާބަޔާއި މެޖިސްޓްރޭޓް ކޮޓަރި ގުޅޭ އިންފާރު ނަގައި، ޝަރީޢަތްކުރާ ކޮޓަރި ބޮޑުކުރުމުގެ ގޮތުން ފާރެއް ރޭނުން.
13- މިކޯޓުގައި ފެންމޯޓަރެއް ހަރުކުރުމާއި ފެންނެގޭނެ އިންތިޒާމު ހަމަޖެއްސުން.
14- ކަރަންޓް ވަޔަރިންގ ބަދަލުކޮށް، މިކޯޓުގެ ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރުން.
15- މުޅި ޢިމާރާތުގެ ސީލިންގ ނަގައި އައު ސީލިންގއެއް އެޅުން.
16- މިކޯޓުގައި މިހާރުހުރި ހޮޅިބުރިތައް ނައްޓައި އެނަރޖީ ސޭވިންގ ލެޑް ލައިޓަށް ބަދަލުކުރުން.
17- މިކޯޓުގައި މިހާރުހުރި ފަންކާތައް ނައްޓައި އައު ފަންކާ ހަރުކުރުން.
18- މިކޯޓުގައި 18000 ބީޓީޔޫއާއި 12000 ބިޓީޔޫއާއި 9000 ބީޓީޔޫއާއި މިއިން ކޮންމެ ވައްތަރަކުން 02 (ދޭއް) އެއަރކޮންޑިޝަން ބެހެއްޓުން.
މަތީގައި ބަޔާން ކުރެވުނު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖަނަވަރީ 28 ވަނަ ދުވަހުގެ 14:00 އަށް ހއ.ޖުޑީޝަލް ދާއިރާގެ (ހއ.އަތޮޅުގެ) މެޖިސްޓްރޭޓް ކޯޓަކަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 11 ވަނަ ދުވަހުގެ 14:00 އަށް ހއ.ޖުޑީޝަލް ދާއިރާގެ (ހއ.އަތޮޅުގެ) މެޖިސްޓްރޭޓް ކޯޓަކަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑި ޖެހުމުގެ ފަހުން އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ކަމަށާއި، ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ގަޑީގައި އެހުށަހެޅި ކޯޓެއްގައެވެ.