މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް

އިޢުލާން

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން ހިންގަވާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން، ފުޓްސެލްދަނޑުގެ މަސައްކަތް ފިޔަވަހިތަކަކަށް ބައްސަވައިގެން ކުރިއަށް ގެންދެވުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށްޓަކައި މިމަސައްކަތް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ގެންގުޅުއްވާ މިންގަނޑަށް މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ހުޅުދުއްފާރުގައި ކޮށްދޭން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލްގެ ނަންބަރު IUL)302-E/302/2015/59) އިޢުލާން ބާޠިލުކޮށް، އެމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް އަލުން ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

9 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016
ހޯދާ