ދިވެހިރާއްޖެ
ނަމްބަރ: (IUL)314/314/2026/27
އިޢުލާން
ބ.ކަމަދޫ ރަމްޒުކޮށްދޭ މޮނިއުމެންޓެއް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުން
ބ.ކަމަދޫގެ ބަނދަރު ޞަރަޙައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ހެދުމަށް ބޭނުންވާތީވެ، މޮނިއުމެންޓް ޑިޒައިން ކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
ނޯޓް: ޑިޒައިން ހުށަހަޅާ ފަރާތަކީ ކަމަދޫގެ ރައްޔިތެއް ނުވަތަ އެފަރާތެއްގެ މަންމަ ނުވަތަ ބައްޕަ ކަމަދޫގެ ރަޖިސްޓްރީގައި އޮންނަ ފަރާތަކަށް ވާންވާނެއެވެ. އަދި ޑިޒައިންތަކުގެ ތެރެއިން އެންމެ ކަމުދާ ރަނގަޅު ޑިޒައިނަކަށް 50,000/- (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ. އަދި މި މަސައްކަތުގެ އިތުރު ތަފްޞީލް މި އިއުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މޮނިއުމެންޓް ފަރުމާ ކުރުމަށްފަހު 30 ޖޫން ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ މިކައުންސިލްގެ ކައުންޓަރއަށް ހުށަހެޅުއްވުން އެދެމެވެ.
02 މުޙައްރަމް 1448
18 ޖޫން 2026
