ދިވެހިރާއްޖެ
އިޢުލާން
މިއޮތޯރިޓީއަށް ލީގަލް ކައުންސެލެއްގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ބޭނުންވެއެވެ.
ބޭނުންވާ އަދަދު: 01 (އެކެއް)
މަސައްކަތްކުރަންޖެހޭ ގަޑި: ހެނދުނު 8:00 އިން މެންދުރުފަހުގެ 3:00 އަށް (ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ)
ޝަރުޠު: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ޤާނޫނީ ދާއިރާއިން، މާސްޓަރސް ނުވަތަ ބެޗެލަރސްް ޑިގްރީއެއް އޮތުން
އުޖޫރަ: -/23,250ރ (ތޭވީސްހާސް ދުއިސައްތަ ފަންސާސް ރުފިޔާ)
މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ކަރިކިއުލަމް ވިޓާ (ސީވީ)
- އައި.ޑީ.ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
ނޯޓް:
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
ލީގަލް ކައުންސިލްގެ TOR އޮތޯރިޓީގެ ވެބްސައިޓުގެ http://www.cmda.gov.mv/docs/TOR-legal-Counsel_2015.pdf މިލިންކުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3336619، ފެކްސް: 3336624
އީމެއިލް: [email protected]
09 ރަބީޢުލްއާޚިރު 1437