ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމުގެ ޚިދުމަތުގެ އަގަށް ބަދަލު ގެނައުމާ ގުޅޭ

ރަތަފަންދޫ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތަށް ކައުންސިލުން ނެގުމަށް ކުރިން ނިންމާފައިވާ އަގުތަކަށް ބަދަލު ގެނައުމަށް ކައުންސިލްއިން ވަނީ ނިންމާފައެވެ.

މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މި ކައުންސިލްގެ 05 ވަނަ ދައުރުގެ 03 ވަނަ އާންމު ބައްދަލުވުމުންނެވެ. އެގޮތުން، މީގެ ކުރިން ކުނި ނެގުމުގެ ޚިދުމަތުގެ އަގުގެ ގޮތުގައި މަހަކު -/200 (ދުއިސައްތަ) ރުފިޔާ ނެގުމަށް ހަމަޖެހިފައި އޮތް އޮތުން ބަދަލުކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މި އަގު ވަނީ -/150 (ސަތޭކަ ފަންސާސް) ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައެވެ. މިހާރު ހިލޭ ދެމުންދާ ހިދުމަތުން އަގު ނަގަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން، ކުނި އުކާލުމުގެ ޚިދުމަތަށް ދައްކަންޖެހޭ ފީ، މި އިޢުލާނުގައި ބަޔާންކޮށްފައިވާ މި ކައުންސިލްގެ ބޭންކް އެކައުންޓް ނަންބަރަށް ޖަމާކުރެއްވުމަށް ދަންނަވަމެވެ. ފީ ޖަމާކުރެއްވުމަށްފަހު އެކަމުގެ ރަސީދު ކައުންސިލްގެ އިދާރާއަށް ހިއްސާކުރެއްވުމަށްވެސް ހަނދުމަފުޅުކޮށް އަރުވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ބޭންކް:

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އެކައުންޓްގެ ނަން:         

1471 ރެވެނިއު 1

އެކައުންޓް ނަންބަރ:            

7710 700301 003

ސްލިޕް ވައިބަރ ކުރައްވާނެ ނަންބަރު: 

7633734

18 ޖޫން 2026
ހޯދާ