ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން ރޭންކް.5 - ސްޓެޕް.1 (J_449663)

  ނަންބަރު: (IUL)212-H/212/2026/17

އިޢުލާނު

 

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-449663

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 5 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް/ ކ. މާލެ

ކޯޕަރޭޓް އެފެއާޒް ސެކްޝަން، އެޑްމިނިސްޓރޭޝަން އެންޑް ލޮޖިސްޓިކް ޔުނިޓް

މުސާރަ:

9495.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2850.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

  1. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 75.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންޕިއުޓަރުތައް މަރާމާތުކުރުމާއި އަލަށް ހޯދާ ސިސްޓަމްތައް ރާވާދިނުން.
  2. ޔޫޒަރ ޓާރމިނަލްތަކަށް ބޭނުންވާ ސޮފްޓްވެއަރ އިންސްޓޯލް ކޮށްދިނުމާއި، ސޮފްޓްވެއާރއަށް ދިމާވާ އެކިއެކި މައްސަލަ ހައްލުކޮށްދިނުން.
  3. ކޮމްޕިއުޓަރާއި ޕްރިންޓަރު އަދި މިކަމާގުޅުންހުރި ހާރޑްވެއަރގެ އެކިއެކި ބާވަތްތަކުގެ ޑިވައިސްތަކާއި ގެޖެޓްތަކަށް ދިމާވާ މައްސަލަ ބަލައި ރަނގަޅުކުރުން.
  4. މުވައްޒަފުންނަށް ރައްކާތެރި ކަމާއެކު ކޮންޕިއުޓަރ ސިސްޓަމްތައް ބޭނުންކުރާނެ ގޮތްކިޔާދިނުން.
  5. ޕްރޮގްރާމްތައް އެޑިޓް ކުރަން ބޭނުންވާ ސޮފްޓްވެއަރތައް އިންސްޓޯލް ކުރުމާއި ބެލެހެއްޓުން.
  6. އަލަށްނެޓްވޯކާ ގުޅަންބޭނުންވާ ކޮންޕިއުޓަރުތައް ނެޓްވޯކްއަށް ގުޅައިދިނުމާއި، އަލަށް ނެޓްވޯކް އަޅަންޖެހޭތަނަށް ނެޓްވޯކް އަޅައިދިނުން.
  7. ނެޓްވޯކް ޑިވައިސްތަކުގެ ހާލަތު ދެނެގަނެ މައްސަލަޖެހޭ އިކުއިޕްމަންޓްތައް ފާހަގަކޮށް މަރާމާތުކުރެވޭ ތަކެތި މަރާމާތުކޮށް އަލަށް ބޭނުންވާ އެއްޗެހި ފާހަގަކޮށް ވެރިޔާގެ ލަފާގެމަތިން އޮންނަ އުސޫލުގެ ތެރެއިން ހޯދުމަށް މަސައްކަތް ކުރުން.
  8. ނެޓްވޯކްގައި ބޭނުންކުރެވޭ ހުރިހާ ޑިވައިސް (ސާރވާރ، ސްވިޗް، ރައުޓާރ)ތަކުގެ ނެޓްވޯކް ރެކޯރޑްސް ދުވަހުން ދުވަހަށް ލޮގް ކުރެވޭނެ ނިޒާމް ޤާއިމްކޮށް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  9.  އޮފީހުގައި ބޭނުންކުރާ ކޮމްޕިއުޓަރ ލެޕްޓޮޕްފަދަ ތަކެތީގެ އެންޓިވައިރަސް އަޅައި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  10. ޓެލެފޯން ނެޓްވޯކް ބެލެހެއްޓުން.
  11. ޑިޕާޓްމަންޓަށް ނެޓްވޯކް ހިދުމަތް އިތުރަށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިނިސްޓްރީގެ އައި.ސީ.ޓީ ސެކްޝަނާއި ގުޅިގެން ކުރުން.
  12. ޑިޕާޓްމަންޓުގެ ކޮމިއުނިކޭޝަން ނެޓްވޯކްތައް ބެލެހެއްޓުމާއި، މެއިން ޓެއިންކުރުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުމާއި، އަދި ކޮމިއުނިކޭޝަން ނެޓްވޯރކްއާއި ކޮމިއުނިކޭޝަން ނެޓްވޯކްތަކުން ދެވޭ ހިދުމަތްތައް ތަރައްޤީކުރުމާއި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިނިސްޓްރީގެ އައި.ސީ.ޓީ ސެކްޝަނުގެ މަޝްވަރާއެކު ކުރުން.
  13. ހަވާލުކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެހާ ރިކޯރޑްސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  14. ސެކްޝަންގެ އެކިއެކި ޔުނިޓްތަކާއިގުޅިގެން ކުރަންޖެހޭ މަސައްކަތް ތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ

 

މަޤާމުގެ ތަޢުލީމީ ދާއިރާތައް:

  1. އިންފޮމޭޝަން ޓެކްނޯލޮޖީ
  2. ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ
  3. ނެޓްވަރކިންގ
  4. ޕްރޮގްރާމިންގ
  5. ކޮމްޕިއުޓަރ ޕްރޮގްރާމިންގ
  6. ސިސްޓަމް އެޑްމިނިސްޓްރޭޝަން
  7. ވެބް ޑިވެލޮޕމަންޓް
  8. ހާޑްވެއަރ އެންޑް ނެޓްވާރކް އެޑްމިނިސްޓްރޭޝަން
  9. އައި. ސީ.ޓީ ސިސްޓަމް ސަޕޯޓް
  10. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވާރކިންގ
  11. ކޮމްޕިއުޓިންގ
  12. ކޮމްޕިއުޓަރ ސައިންސް
  13. ކޮމްޕިއުޓަރ ހާޑވެއަރ ޓެކްނޯލޮޖީ
  14. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ
  15. ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ
  16. ސޮފްޓްވެއަރ އިންޖިނިއަރިންގ

މަޤާމުގެ މަސައްކަތު ދާއިރާތައް:

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު)ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29ޖޫން 2026 ވަނަ ދުވަހުގެ  13:00ގެ ކުރިން، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، ހ.ސަކީނާމަންޒިލް (4 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެޕް (PDF) ފޯމެޓްގައި ފޮނުވުމަށް ދެންނެވީމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 30ޖޫން 2026 އާއި 15ޖުލައި2026 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް (ހ.ސަކީނާމަންޒިލް، 4 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031498 ނުވަތަ 3031488 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ރެކްރޫޓްމަންޓް އުޞޫލު" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

18 ޖޫން 2026
ހޯދާ