ދިވެހިރާއްޖެ
ޓޫރިޒަމް އެވޯޑެއްގެ ވަނަ ޑިޒައިންކޮށް ފަރުމާ ކުރުމާބެހޭ
ފަތުރުވެރިކަމުގެ ޞިނާޢަތަކީ ތިމާވެށްޓާ ރަޙުމަތްތެރި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތަކަށް ރައްކާތެރި ޞިނާޢަތަކަށް ހެދުމަށްޓަކައި އަލަށް ތަޢާރަފުކުރެވޭ ޓޫރިޒަމް ގްރީން އެވޯޑުގެ ވަނަ ޑިޒައިންކުރައްވާނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައި ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅަންވާނީ މި މަސައްކަތާގުޅޭ "ޓާރމްސް އޮފް ރިފަރެންސް" އާ އެއްގޮތަށެވެ. މި މަސައްކަތާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" ތިރީގައި ދެންނެވިފައިވާ ވެބްލިންކުން ބައްލަވައިލެވޭނެއެވެ.
http://www.tourism.gov.mv/projects/tap-project
ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް ޓޫރިޒަމް
ހ. ވެލާނާގެ ، 5 ވަނަ ފަންގިފިލާ
އަމީރު އަޙުމަދުމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3224 332332، ފެކްސް 2512 332
މެއިލް:[email protected]
ވެބްސައިޓް: www.tourism.gov.mv