މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަޖީދިއްޔާ ސްކޫލްގައި ސީ.ސީ.ޓީވީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މަޖީދިއްޔާ ސްކޫލްގައި ސީ.ސީ.ޓީވީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މިސްކޫލްގައި ސީ.ސީ.ޓީވީ ކެމެރާ އަމިއްލަތަކެތީގައި ހަރުކޮށްދޭން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 18 ޖޫން 2026 ން 28 ޖޫން 2026 އަށް ލިންކް https://forms.gle/BwANG6wmqmycpaUL6 މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށްފަހު، 30 ޖޫން 2026 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 06 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގައެވެ. މިބީލަމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތައް އެކަނި ކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުނަގަޑި އަކީ 06 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ،އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާ އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

18 ޖޫން 2026
ހޯދާ