ދިވެހިރާއްޖެ
ވޭޖް އުސޫލު ގެ ދަށުން ގއ.ކޮލަމާފުށީ މިސްކިތު ޕޫލަށް މީހުން ނެގުމާއި ބެހޭ
ގއ.ކޮލަމާފުށީ މިސްކިތް ތަކުގައި ވަޒީފާ އަދާ ކުރައްވާ އިމާމުންނާއި މުދިމުން ، ސަޕޯޓް ސްޓާފުން ޗުއްޓީ އަދި ސަލާމް ގައި ތިއްބަވާ ދުވަސް ތަކުގައި ވޭޖް އުސޫލުން މިސްކިތް ތަކުގައި މަސައްކަތް ކުރުމަށް 2026 ވަނަ އަހަރަށް އެކުލަވާ ލެވޭ ޕޫލްގައި ބައިވެރި ވުމަށް އެދިލައްވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިޕޫލްގައި ބައިވެރި ވުމަށް ބޭނުންފުޅުވާ ފަރާތް ތަކުން 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އާއި އައިޑީކާޑު ގެ ކޮޕީ އާއި އެކު މި އިދާރާ އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަޅުއްވާ އިރު އިޢުލާން ނަމްބަރާއި ކުރިމަތި ލައްވާ މަޤާމް އަދި ގުޅޭނެ ފޯން ނަންބަރ ޖެއްސެވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6820017ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 މުޙައްރަމް 1447
18 ޖޫން 2026
