ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ) |
މަޤާމް: |
|||
ޖީ. އެސް. 3 |
މަޤާމުގެ ރޭންކް: |
|||
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
|||
1 (އެކެއް) |
ބޭނުންވާ އަދަދު: |
|||
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް |
މަސައްކަތްކުރަންޖެހޭ ތަން: |
|||
-/4،465 ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
އަސާސީ މުސާރަ: |
|||
-/1،500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
|||
-/2،550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
|||
އަސާސީ މުސާރައިގެ %25 |
ޖުޑީޝަލް އެލަވަންސް: |
|||
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
އިތުރުގަޑީގެ ފައިސާ: |
|||
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛ - މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
އަސާސީ ޝަރުޠު: |
|||
- ޝަރީޢަތަށް މީހުން ހާޒިރުކުރުމުގައި، ކޯޓުގެ މެޖިސްޓުރޭޓް ނުވަތަ ކޯޓާ އޭރަކު ހަވާލުވެހުންނަ މެޖިސްޓުރޭޓަކު އަންގާގޮތެއްގެމަތިން ފިޔަވަޅު އަޅަމުންދިއުމާއި، ކޯޓް އަމުރާއި، ބަންދުއަމުރު، އަންގަވާގޮތެއްގެމަތިން ތައްޔާރުކޮށް ބެލެހެއްޓުން. - ކޯޓްރޫމާ ގުޅޭގޮތުން އިންތިޒާމްކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުން. - ކޯޓާ ހަވާލުވެހުންނަ މެޖިސްޓުރޭޓަކު އަންގާގޮތެއްގެމަތިން ދަޢުވާފޯމު ޤަޟިއްޔާކުރުން ނުވަތަ މައްސަލަ ހުށަހެޅުމާއި، ޖަވާބު ދޭންޖެހޭ ފަރާތްތަކަށް ޖަވާބުދިނުމަށް، އަންގަވާގޮތެއްގެމަތިން ދަޢުވާ ފޯމުތަކުގެ ޖަވާބު ފޮނުވުން. - މައްސަލަތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް، ކަމާގުޅޭ ފައިލަށް ލުމަށް ހަވާލުކުރަންޖެހޭ މުވައްޒަފާ ހަވާލުކުރުމާއި، މައްސަލަ ނިމޭތާ ގިނަވެގެން މަސްދުވަހުގެތެރޭގައި މައްސަލައިގެ ރިޕޯޓް ލިޔެ، ފައިލް ހަވާލުކުރުން. - މަޙުޟަރުތައް ލިޔެބެލެހެއްޓުމާއި، ޤަޟިއްޔާތަކާ ގުޅީގެން ފައިލަށް ލާންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް ލެވިފައިހުރިތޯ ބެލުމާއި، މެޖިސްޓުރޭޓް އަންގާފައިވާ ތަރުތީބަކުން އެފަދަ ލިޔުންތައް ފައިލުތަކަށް ލުން. - މެޖިސްޓުރޭޓް އަންގާވާގޮތެއްގެމަތިން މައްސަލަތައް ތާވަލުކުރުމާއި، ޤަޟިއްޔާތަކާ ގުޅިގެން އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުމަށްޓަކައި ޖަވާބުތައްޔާރުކުރުމަށް މެޖިސްޓުރޭޓް އަންގާގޮތެއްގެމަތިން ޖަވާބު ތައްޔާރުކުރުމަށް އިދާރީ ކަންކަމާ ހަވާލުވެ ހުންނަ މުވައްޒަފާ ހަވާލުކޮށްގެން ޖަވާބު ތައްޔާރުކުރުމާއި، އެ ސީޓީތަކަށް ޖަވާބު ފޮނުވޭތޯ ބެލުން. - ކޯޓުގެ ފައިސާއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ފައިސާއާބެހޭ ފޮތްތައް ޤަވާއިދުން ލިޔެ ބެލެހެއްޓުން. - ހޮވައިގެން ގެނެވޭ ތަކެއްޗާމެދު ޤަވާއިދުން ފިޔަވަޅުއެޅުމާއި، މަސައްލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަންތަން އަގުކުރުމަށް އަގު ކޮމިޓީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުން. - ތަޞްދީޤުކުރުމަށް ކޯޓަށް ހުށަހެޅޭ ލިޔުންތަކާމެދު މެޖިސްޓުރޭޓް އަންގާގޮތެއްގެމަތިން ފިޔަވަޅުއެޅުން. - ޝަރީޢަތާގުޅޭ އެންމެހައި ފޮތްތައްލިޔެ ބެލެހެއްޓުން (މީގެ ތެރެއިން ވަރީގެ ރަޖިސްޓްރީއާއި، ވަރީގެ ދަފްތަރު، ވަރި ފަސްޚް ތަފްރީޤު ސެޓްފިކެޓް ހަވާލުކުރާ އިސްތިސްނާވާނެއެވެ.) - މުއްދަތުޖެހުމަށާއި، އެނޫންވެސް އަމުރެއްދިނުމަށް ނުރަސްމީ ގަޑީގައި ކޯޓް ހުޅުވަން ޖެހިއްޖެނަމަ، އެކަމާގުޅޭ އެންމެހައި ކަންކަން އިންތިޒާމްކުރުން. - ކޯޓުގެ އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، މިނޫންވެސް ކޯޓުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން މެޖިސްޓުރޭޓް ހަވާލުކުރާ މަސައްކަތް ކުރުމާއި، ކޯޓް ހުޅުވައި ލައްޕަން ޖެހިއްޖެނަމަ، އެ މަސައްކަތްވެސް ކުރުން. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
|||
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު، ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރިޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން) - ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ) |
ހުށަހަޅަންޖެހޭ ތަކެތި: |
|||
2016 ޖަނަވަރީ 27 ވަނަ ދުވަހުގެ 14:30 ގެ ކުރިން ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމު، ފެކުހުން ނުވަތަ އީމެއިލުންވެސް ހުށަހެޅިދާނެއެވެ. ފެކުހުން ނުވަތަ އީމެއިލުން އެޕްލިކޭޝަން ފޯމް ހުށަހަޅާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު އެޕްލިކޭޝަން ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ. |
ސުންގަޑި: |
|||
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، އެ ފޯމް ބާޠިލުވާނެއެވެ. - މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށްވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ ކޮޕީއެއް ވަޒީފާއަށް އެދޭ ފޯމާއެކު ލިބޭނެއެވެ. - އިތުރު މަޢުލޫމާތު ހޯދުމަށް ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ 6560021 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
11 ރަބީޢުލްއާޚިރު 1437