ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

 އެމް. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/7035 ރުފިޔާ (ހަތްހާސް ތިރީސްފަހެއް ރުފިޔާ)

 

މި މަޤާމަށް ލިބޭ އެލަވަންސް:

  • ސަރވިސް އެލަވަންސް -/2000 ރުފިޔާ (ދެހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް: -/2700 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ނިމޭ މައްސަލަތަކާބެހޭ އިދާރީ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ސަރުކާރުގެ އިދާރާތަކުންނާއި، ދައުލަތުގެ މުވައްސަސާތަކުންނާއި، ކޯޓުތަކުންނާއި، އަމިއްލަ ފަރާތްތަކުން ކުށުގެރެކޯޑު ސާފުކުރަން ފޮނުވާ ސިޓީއާއި، މެސެޖާއި، ފޯމްތަކުގެ ރެކޯޑު ސާފުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލެހެއްޓުން.
  • މުވައްޒަފުންގެ މުސާރަދިނުމާބެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • މުވައްޒަފުންނާބެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

 

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (ވަޒީފާގައި ހޭދަވީ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު އެނގޭނޭހެން)

ސުންގަޑި:

2016 ޖަނަވަރީ 28 ވަނަ ދުވަހުގެ 14:00

 

އިތުރު މަޢުލޫމާތު:

  • މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ، ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިކޯޓުގެ www.criminalcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

 7 ރަބީޢުލްއާޚިރު 1437

17 ޖަނަވަރީ 2016
ހޯދާ