ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބަނބުކެޔޮ ގަސްތަކުން ބަނބުކެޔޮ ވިއްކުމާގުޅޭ

         ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ގޯތި ތަކުގައިހުރި ރައްޔިތުންގެ ބަނބުކެޔޮ ގަސްތަކުން ބަނބުކެޔޮ ވިއްކުމަށް ހަމަޖެހިފައިވާތީ، ބަނބުކެޔޮ ގަތުމަށް ބޭނުންވާ ފަރާތްތަކުން 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 24 ޖޫން 2026 ވާ ބުދަ ދުވަހުގެ ނިޔަލަށް ވޭމަންޑޫ ކައުންސިލްގެ އިދާރާގައި ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައި ވާކަމުގައި ދެންނެވީމެވެ. ނަންނޯޓް ކުރުން އޮންނާނީ ރަސްމީ ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ވޭމަންޑޫ ކައުންސިލްގެ އިދާރާއިން ކަމުގައި ދެންނެވީމެވެ.

         މިގޮތުން ބަނބުކެޔޮ ވިއްކުމަށް ހަމަޖެހިފައިވަނީ ވޭމަންޑޫގައި ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ ތެރެއިން ވެރިފަރާތް ވޭމަންޑޫގައި ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 20 (ވިހި) ބަނބުކޭލުގެ ރޭޓުން ނަންނޯޓް ކުރެވޭ ހުރިހާ ފަރާތްތަކުގެ މެދުގައި ގުރުއަތުލެވި ގުރުއަތު ތަރުތީބުން، ކައުންސިލަށް ބަނބުކެޔޮ ލިބޭ މިންވަރުން ކަމުގައި ދެންނެވީމެވެ.

17 ޖޫން 2026
ހޯދާ