|
ބޭނުންވާ ޢަދަދު:
|
އައި.ޔޫ.އެމް އައްޑޫ މަރަދޫ ލާނިންގ ސެންޓަރ 2
އައި.ޔޫ.އެމް އުގޫފާރު ލާނިންގ ސެންޓަރ 1
އައި.ޔޫ.އެމް ކުޅުދުއްފުށި އައުޓްރީޗް ސެންޓަރ 1
|
|
މުސާރަ:
|
ކޮންމެ ސެޝަނަކަށް 300 ރުފިޔާ
|
|
ޝަރުތު:
|
- އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
- އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހެއް ކަމުގައިވުން.
- އިންވިޖިލޭޓްކުރާ ފަރާތަކީ އެއަހަރެއްގެ އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނުވަތަ އިމްތިޙާނަށް ދަރިވަރު ތައްޔާރުކޮށްދޭ މީހެއް ކަމުގައި ނުވުން.
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
- އިންވިޖިލޭޓަރުންގެ މަޤާމަށް އެދި ހުށަހަޅާފޯމް. (މި ފޯމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންޓަރުންނާއި ވެބްސައިޓް (www.ium.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި ފޯމްދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ).
- އޮންލައިންކޮށް ހުށައަޅާފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ https://ium.to/invigilator2026-sem-1 އިން ނެވެ.
- ވަނަވަރު (ސީވީ).
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
- ލިބިފައިވާ އެންމެމަތީ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
- އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.
|
|
ސުންގަޑި:
|
- އިންވިޖިލޭޓަރ ހޮވުމުގައި ދެ ދަންފަޅިއަށް ހާޒިރުވެވޭނެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ 22:00 ކުރީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދެމެވެ.
- އިތުރު މައުލޫމާތު ސާފުކުރުމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ހޮޓްލައިން 1405 މެދުވެރިކޮށް އެގްޒަމިނޭޝަންސް ޑިޕާޓްމަންޓަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
|
|
އިމްތިޙާނު އޮންނަ މުއްދަތާއި ވަގުތު:
|
- އިމްތިޙާނު އޮންނާނީ 28 ޖޫން 2026 އިން 11 ޖުލައި 2026 ގެ ހެނދުނު 09:00-12:00 އަދި މެންދުރު 14:00-17:00 އަށެވެ. އަދި ހުކުރު ދުވަހު 19:00-22:00 އަށެވެ.
- ރީސިޓް އަދި ޚާއްސަ އިމްތިޙާން އޮންނާނީ 09 އޯގަސްޓް 2026 އިން 13 އޯގަސްޓް 2026 ގެ ހެނދުނު 09:00-00:12 އަދި މެންދުރު 14:00-17:00 އަށެވެ.
|