ދިވެހިރާއްޖެ
ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބޭގޮތަށް ރަށުގެ ވާ ކޮށާ އަދި އަންދާ އެތަންތަނުގައި ފަތްކޭލުގެ ބާވަތްތައް އިންދަމުންގެންދާކަން މި ކައުންސިލަށްވަނީ ފާހަގެވެފައެވެ. މިކަމަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު R-92/2022 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގައި މަނާ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ކަމުގައި ދަންނަވަމެވެ. އަދި ޤާނޫނު ނަންބަރު 98/21 (މީހުންދިރި އުޅޭ ރަށްރަށުގެ ރުއްގަސް އިންދުމާއި ބެހޭ ޤާނޫނު) ގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކިފަރާތްތަކާއި ހަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތަނުގައި ރުއްގަސް އިންދަންވާނީ، އެ ރަށެއްގެ ކައުންސިލްގެ ހުއްދާއާއެކު ކަމަށް ބުނެފައިވާ ހިނދު ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ ވާ ކޮށާ އަންދާ އެތަންތާ ފަތްކެޔޮ އަދި އެހެނިހެން ބާވަތްތަކުގެ ގަސްއިންދާ ހައްދަމުންދާ ފަރާތްތަކަށް އެކަންކަން ވަގުތުން ހުއްޓާލުމަށް އަންގަމެވެ.
ވީމާ، ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ ވާ ކޮށާ އަންދާ އެތަންތާ ފަތްކެޔޮ އަދި އެހެނިހެން ބާވަތްތަކުގެ ގަސްއިންދާ ހެއްދުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
