ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ލައިބްރޭރިއަން (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ލައިބްރޭރިއަން (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ބ. މާޅޮހު މަދަރުސާ، ބ. މާޅޮސް

މަޤާމުގެ ގިންތި: ވަގުތީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް އަދި އެޑްމިނިސްޓްރޭޓިވް ސެކްޝަން، ބ. މާޅޮހު މަދަރުސާ ބ. މާޅޮސް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1.  ކޮންމެ އަހަރެއް ނިމުމުން، ލައިބްރަރީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ނައްތައިލެވޭ ފޮތްތަކުގެ ރެކޯޑާއި، ހަލާކުވާ ފޮތްތަކުގެ ބަދަލު ހޯދުމުގެ ކަންތައްތައް ހަމަޖެއްސުން.
  3. ފޮތްތަކުގެ އެކްސެޝަން ނަންބަރު ޖެހުން.
  4. ދަރިވަރުންނާއި މުދައްރިސުންނަށް ފޮތްތައް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  5. ޑިއުކާޑް ހަރުކުރުމާއި، ތައްގަނޑު ޖެހުމާއި، ޗެކްކުރި ކާޑު ޖެހުން.
  6. ލައިބްރަރީގައިވާ ފޮތްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  7. ލައިބްރަރީއަށް ދަރިވަރުން ޝައުޤުވެރިކުރުވުމަށް ތަން އިންތިޒާމްކުރުން.
  8. ފޮތްތެރިކަމަށް ހިތްޖެހޭނެގޮތެއްގެމަތިން ކަމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި، މުދައްރިސުންނާއި ލީޑިންގ ޓީޗަރުންގެ އެހީގައި ކުރިއަށްގެންދިއުން.
  9. ލައިބްރަރީ ހުޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެކަން ބެލެހެއްޓުން.
  10. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.
  11. އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު:                                               

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައިވުމާއެކު،  އޭގެ  އިތުރުން،  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  ދާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 25 ޖަނަވަރީ 2016 އާއި 28ޖަނަވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަވިޔު އޮންނާނީ ބ. މާޅޮހު މަދަރުސާގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އެޓެސްޓްކުރެވިފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ އެޓެސްޓްކުރެވިފައިވާ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށައަޅަންޖެހޭނީ، 2016 ޖަނަވަރީ 24 ވާ އާދީއްތަދުވަހުގެ 14:00 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6600020 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.


4 ރަބީޢުލްއާޚިރު 1437

14 ޖަނަވަރީ 2016
ހޯދާ